Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޓެރަރިޒަމްގެ ފިކުރު ރާއްޖޭގައި އޮތް މިންވަރުގެ ނުރައްކާ ފުލުހުން ހާމަކުރައްވައިފި

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން އޮތް މިންވަރު ބަޔާންކޮށް، އެފިކުރުގެ މީހުން ރައްޔިތުންގެ ތެރޭގައި ދެބޮމެއް ގޮައްވައިލަން ރޭވިކަން ފުލުހުން ހާމަކޮއްފިއެވެ. ފުލުހުން މިމަޢުލޫމާތު ހާމަކޮށްފައިވަނީ މިހާރު ކްރޮސް ރޯޑްސްގައި ކުރިއަށްދާ ކައުންސިލަރުންގެ މަހާސިންތާގައި ފުލުހުން ހުށަހަޅައިދެއްވި ޕްރެޒެންޓޭޝަނެއްގައެވެ.
ވިޔަވެތި ރާއްޖެ މަހާސިންތާގައި ފުލުހުންނާއި ކައުންޓަރ ޓެރަރިޒަމް ޔުނިޓު ގުޅިގެން ހުށަހަޅާދީފައިވާ ޕްރެޒެންޓޭޝަނުގައި ޓެރަރިޒަމް ރާއްޖޭގައި އުފެދިގެން ބޮޑުވެގެން އައި ގޮތުގެ ވަގުތު ބަޔާން (ޓައިމްލައިން) އެއް ހުށަހަޅާދީފައިވެއެވެ. މިވަގުތު ބަޔާނުގައި އަހަރަކަށްވުރެ އަހަރެއް ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ބޮޑުވެފައިވާކަން ފެންނަމުންދެއެވެ.
އަދި މިޕްރެޒެންޓޭޝަނުގައި ހަރުކަށި ފިކުރުގެ ސަބަބުން މުޖުތަމަޢުގައި އުފެދިގެންދާ މައްސަލަތަކާއި އެފިކުރަށް ތަބާވާ މީހުންގެ ކިބައިން ފާހަގަކުރެވޭ މައްސަލަތަކާއި، ޓެރަރިޒަމްގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.
ފުލުހުންގެ ފަރާތުން މިޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވި ޔަމާނީ ޖަޢުފަރު ވިދާޅުވެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވެ ފުޅާވަމުން އަންނަ ކަމުގައެވެ. އަދި މިމައްސަލައިގެ ހައްލަކީ ހަމައެކަނި އެންމެ މުއައްސަސާއަކަށް ހޯދޭނެ ހައްލެއްވެސް ނޫން ކަމުގައި އެފަރާތުން ވިދާޅުވިއެވެ.
އަދި ރައްޔިތުންނާ މުއައްސަސާތަކަށް ގެއްލުންދިނުމުގެ ފިކުރު ޢަމަލީ މަރުހަލާއަށް އުފުލިގެން އަންނަ ކަމުގައިވެސް ޔަމާނީ ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ