އިލެކްޝަންސްއިން އިންޑިޔާގެ އިލެކްޝަންސާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝިފްޒާން އަހްމަދު 14 ޑިސެމްބަރު 2019 10:41
Flowers

ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިޔާގެ އިލެކްޝަންސް ކޮމިޝަނުގެ މެދުގައި ދިވެހިރާއްޖޭގެ އިލެކްޝަންސްގެ މުވައްޒިފުން ތަމްރީނުކުރުމުގައި އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދުގައި ކުރިއަށްދާ އިންޑިޔާ ދިވެހިރާއްޖެ ޖޮއިންޓް ކޮމިޝަންގެ 6ވަނަ ބައްދަލުވުމުގައެވެ. 

މިއެއްބަސްވުމާ ގުޅޭ ގޮތުން ބައެއް މީޑިޔާތަކަށް މަޢުލޫމާތުދެއްވަމުން އީސީގެ ނައިބުރައީސް އަޙްމަދު އަކްރަމް ވިދާޅުވެފައިވަނީ މިއެއްބަސްވުމުގެ ސަބަބުން އެކޮމިޝަނުގެ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގައެވެ. 

އެއާއެކު އޭނާ ވިދާޅުވެފައިވަނީ މިއެއްބަސްވުމުގެ ދަށުން ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ޕާޓީތަކާއި މީޑިޔާއަށް ފޯރުކޮށްދޭންޖެހޭ ތަމްރީނު ފޯރުކޮށްދިނުމުގައި ފަސޭހަވެގެންދާނެ ކަމުގައެވެ. 

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިޔާގެ އިލެކްޝަންސް ކޮމިޝަނުގެ މެދުގައި މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނުން މިހާރުވެސް ގިނަ ތަމްރީނު ކޯސްތަކެއްގައި މުވައްޒަފުން ތަމްރީނުކުރުމަށް ފޮނުވަނީ އިންޑިޔާއަށް ކަން ފާހަގަކޮށްލަންޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު