Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މިނިސްޓްރީތަކަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް ރައީސް ސޯލިހް ފައްޓަވައިފި

ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިފިއެވެ.
މިގޮތުން އެމަނިކުފާނު މިއަދު ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރުކާޜުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރައްވަނީ ސިވިލް ސާވިސް ގެ މުވައްޒަފުންކަން ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުންގެ މަސައްކަތަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
This morning I visited the Ministry of Education. I was pleased to meet the staff and hear from them about their work and the challenges faced. I intend to visit other ministries in the coming weeks so that we could further improve the government’s overall quality of service. pic.twitter.com/gDbJKXLLfi— Ibrahim Mohamed Solih (@ibusolih) December 11, 2019

މީގެ އިތުރުން ރައީސް ވަނީ ފާއިތުވި އަހަރު އެ މިނިސްޓްރީއިން ރަނގަޅު ނަތީޖާއެއް ނެރުއްވާފައި ވާކަން ފާހަގަކުރައްވާފައެވެ. އަދި މަސައްކަތްތައް ކުރުމުގައި ދިމާވެފައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންތައްތައް ހައްލު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
އަދި ސިވިލް ސާވެންޓުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނައުމަށް ސަރުކާރަށް ކުރެވޭނީ ކޮންކަމެއްތޯ ބަލަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ