Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ލަންކާ ރައީސް އާއި ބައްދަލު ކުރައްވަން ޝާހިދު ލަންކާއަށް

ޚާރޖީވަޒީރު އަބްދުﷲ ޝާހިދު އަވަށްޓެރި ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ.
ޝާހިދު ލަންކާއަށް ވަޑައިގެންފައިވަނީ، އެ ޤައުމުގެ ރައީސް ކަމަށް އަލަށް އިންތިހާބުވި ގޮޓަބަޔާ ރާޖަޕަކްސާއަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށާއި އެ ޤައުމުގެ ޚަރޖީވަޒީރު ދިނޭން ގުނަވަރްދެނާ އާއި ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށެވެ.
މިއީ ލަންކާގައި އާ ސަރުކާރެއް އިންތިހާބު ވިފަހުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ޝާހިދު ލަންކާގެ މަޖްލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އަދި ލަންކާގެ އެގްރިކަލްޗަރަލް މިނިސްޓަރު ޗަމަލް ރާޖަޕަކްސާ އާއިވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސްރީލަންކާ ވެގެންދާނީ ފާއިތުވި 10 ދުވަސް ތެރޭ ޚާރޖީވަޒީރު ދަތުރުކުރައްވާ 4 ވަނަ ޤައުމަށެވެ.
މި ލިއުމާއި ގުޅޭ