ޔޫއޭއީއަށް އަބަދުވެސް ދިވެހިންގެ ހިތްތަކުގައި ހާއްސަ މަޤާމެއް އޮވޭ: ޝާހިދު

މަރިޔަމް ލީނާ
Flowers
މިރޭގެ ޖަލްސާގައި މިނިސްޓަރު ޝާހިދު

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ދިވެހިންގެ ހިތްތަކުގައި ޔޫއޭއީއަށް ދެވިފައިވަނީ ހާއްސަ މަޤާމެއް ކަމަށް ޚާރޖީވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެެވެ.

ޝާހިދު މިހެން ވިދާޅުވީ ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އެ ޤައުމުގެ އެމްބަސީ އިން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ޝާހިދުވަނީ ރާއްޖެއާއި ޔޫއޭއީ އާއި ގުޅުން ޤާއިމް ކުރެވުނުތާ 40 އަހަރުވެފައިވާ ކަމަށާއި، މި ގުޅުން ބިނާވެގެންވަނީ ދެފަރާތަށް އިހުތިރާމު ކުރުމާއި، ދެ ޤައުމަށް ފައިދާވާނެ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. 

އަދި ދެ ޤައުމުގެ ވެސް އޮތް އެއްގޮތް ސަޤާފަތާއި އިސްލާމީ ވަންތަކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން މިވަނީ އިތުރު ހަރުފަތަކަށް ގޮސްފައިކަމަށް ޝާހިދު ވިދާޅުވިއެވެ. 

މިގޮތުން ޝާހިދު ވަނީ މިއަހަރު ތެރޭ ދެ ރަސްމީ ދަތުރުފުޅު ރައީސް ސޯލިހް، ޔޫއޭއީއަށް ކުރެއްވިކަން ފާހަގަކުރައްވާފައެވެ. އަދި ތަރައްޤީގެ ގިނަ މަޝްރޫއުތަކުގައި ޔޫއޭއީގެ ސަރުކާރުން ވެދެއްވާފައިވާ ބޮޑެތި އެހީތަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ. 

"އީއްޔެ ދަތުރުތައް ފެށުނު މާފަރު އެއާޕޯޓު ފާހަގަކޮށްލަން، މިއީ އަބޫދާބީ އިން ފަންޑުކޮށްފައިވާ މަޝްރޫއުއެއް" ޝާހިދު ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް ޝާހިދުވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި ވާހަކަފުޅު ދައްކަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު