ޗައިނާގެ ޔުނާން ޕްރޮވިންސުގެ ގަވަރުނަރާއި ޝާހިދު ބައްދަލުކުރައްވައިފި

އަހްމަދު އަޒާން
Flowers
ޚާރޖީވަޒީރު ޝާހިދު އަދި ޔުނާން ޕްރޮވިންސްގެ ގަވަރުނަރު، ރުއާން ޗެންގްފާ

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު، ރުއާން ޗެންގްފާ އާއި ރާއްޖޭގެ ޚާރޖީވަޒީރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ޚާރޖީވުޒާރާގައެވެ. މި ބައްދަލު ކުރެއްވުމުގެ ފޮޓޯއެއް ޓުވިޓަރގައި ހިއްސާ ކުރައްވަމުން ޝާހިދު ވަނީ، ޔުނާނާއި ރާއްޖެއާއި ދެމެދު ވަރަށް ގިނަ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ. 

އަދި މިއަދުގެ ބައްދަލުވުމުގައި ޔުނާން ޕްރޮވިންސާއި ރާއްޖެއާއި ދެމެދުވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ސެކެޓްރީ މަލްޓިލެޓަރަލް ޑރ.އަލީ ނަސީރެވެ. އަދި ޔުނާން ޕްރޮވިންސުގެ ފަރާތުން ސޮއި ކުރެއްވީ، އެ ޕްރޮވިންސުގެ މަރުކަޒީ ސަރުކާރުގެ ޚާރިޖިއްޔާގެ އިސް ބޭފުޅެއް ކަމުގައިވާ ޕޫ ހޮންގްއެވެ.

އިދިކޮޅުގައި ތިއްބެވި އިރު، މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ވަރަށް ބޮޑަށް ޗައިނާއަށް ފާޑުވިދާޅުވިއެވެ. ނަމަވެސް ވެރިކަމާއި ހަވާލުވުމަށްފަހު ޗައިނާއާއި ގުޅުން ބަދަހި ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު