ޗުއްޓީ ހޭދަކުރެއްވުމަށް މެންޗެސްޓަރ އަށް ޝާހިދު ކުރެއްވި ދަތުރުގެ ޓިކެޓު ސަރުކާރުން ގަނެދިން މައްސަލަ އޭސީސީއަށް!

މަރިޔަމް ލީނާ
Flowers
ޚާރޖީ ވަޒީރު ޝާހިދު

ޚާރޖީވަޒީރު އަބްދުﷲ ޝާހިދު ޗުއްޓީ ހޭދަކުރެއްވުމަށް އިނގިރޭސި ވިލާތުގެ މެންޗެސްޓަރ އަށް ވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅުގެ ޓިކެޓު ސަރުކާރުން ގަނެދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އެ ފަރާތުން ވަނީ މިކަން "ދިޔަރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި މި ޓިކެޓު ނަގާފައިވަނީ އެމިރޭޓްސްގެ ފަސްޓް ކްލާހުންނެވެ. އަދި އެއީ ޔޫއޭއީ އިން މެންޗެސްޓަރ އަށް ކުރެއްވި ދަތުރުފުޅެކެވެ.

އަމިއްލަ ބޭނުމަށް ދައުލަތުގެ ފައިސާ ބޭނުން ކުރުމަކީ ކޮރަޕްޝަން މަނާ ކުރާ ޤާނޫނާއި ހިލާފުކަމެކެވެ. މިހާރު ވެސް މިނިސްޓަރު ޝާހިދުގެ އިތުރު މައްސަލަތަކެއްވެސް އޭސީސީޢަށް ހުށަހެިފައިވާކަން ފާހަގަކުރެވެއެވެ. 

ނޯޓް: މި ލިޔުމުގައި ކުރިން މިނިސްޓަރު ޝާހިދު މެންޗެސްޓާ އަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. މިނިސްޓަރު ފިންލޭންޑަށް ދަތުރުފުޅު ކުރެއްވުމުގެ ކުރިން ވަނީ މެންޗެސްޓަރ އަށް ވަޑައިގެންފައެވެ. އަދި އެ ދަތުރަށް ސަރުކާރުގެ ފައިސާއިން ގަތް ޓިކެޓުގެ އަގު ފަހުން މިނިސްޓަރު ދައްކަވާނެ ކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް މިފަދަ ގޮތަކަށް އަމިއްލަ ދަތުރަށް ފަހުން ދައްކާ ގޮތަށް ސަރުކާރުން ހަރަދު ކުރުމަކީ އޮންނަ އުސޫލެއްނޫނެވެ. 

ކިޔުންތެރިންގެ ހިޔާލު
ޚާލިފު
ޝާހިދު މިބާވަތުގެ ކަމެއް ކުރެއްވުން އެއީ ހައިރާންވާން ޖެހޭ ކަމެއްނޫން.
އެލެކުސް
ހުސްމަކަރުވެރިން