ރަައީސް މައުމޫނާއި ދެކޮޅަށް ޖާބިރު ދައުވާ ކުރައްވައިފި - ހެއްކެއްގެ ގޮތުގައި ރައީސް ސޯލިހް!

މަރިޔަމް ލީނާ
Flowers
އަބްދުﷲ ޖާބިރު.

ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމާއި ދެކޮޅަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

ޖާބިރު ރައީސް މައުމޫނާއި ދެކޮޅަށް ދައުވާ ކުރައްވާފައިވަނީ މައުމޫން ޖާބިރު އަތުން ނެންގެވިކަމަށް ބުނާ 29 މިލިއަން ރުފިޔާ އަނބުރާ ނުދައްކަވައިގެން ކަމަށް ދައުވާގެ ފޯމުގައިވެއެވެ. އަދި އެކަމުގެ ސަބަބުން ޖާބިރަށް ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާކަމަށްވެސް ވެއެވެ. ޖާބިރު އެދިފައިވަނީ ރައީސް މައުމޫނުގެ ފަރާތުން 29 މިލިއަން ރުފިޔާ ޖާބިރަށް ދެއްކެވުމަށް އަމުރު ކުރުމަށެވެ. އަދި ނުދެއްކިއްޖެނަމަ ފައިސާ ނެންގެވި އިރު އެއްބަސްވެފައިވާ ގޮތަށް ރައީސް މައުމޫންގެ ގެކޮޅު މއ.ކިނބިގަސްދޮށުގެ ޖާބިރާއި ހަވާލު ކުރެއްވުމަށް އަމުރު ކުރުމަށް އެދިފައިވެއެވެ.

ޖާބިރު ވަނީ މި ދައުވާ ސާބިތު ކުރުަމަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެގޮތުން ހެކިންގެ ގޮތުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަދި މަޖްލީސް ރައީސް، ރައީސް މުހައްމަދު ނަޝީދު، އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު އަދި އާމިނަތު ޝަބީބާ ކިޔާ ބޭފުޅަކު ހުށަހަޅާފައިވެއެވެ. 

މިގޮތަށް ޖާބިރު ދައުވާކޮށްފައިވާ އިރު މީގެ ކުރިން ޖާބިރު ވަނީ އެމަނިކުފާނު ރައީސް މައުމޫނަށް މާފު ކުރެއްވިކަމަށްވެސް ވިދާޅުވެފައެވެ. މީގެ ކުރިން ޖާިރު ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވީ އެމަނިކުފާނުގެ މަންމާފުޅު ގެ އެދިލެއްވުމަކަށް ކަމަށާއި މަންމާފުޅު އެގޮތަށް އެދިލެއްވީ މަންމާފުޅާއި މައުމޫނާއި ދެމެދު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް މައުމޫން ވަނީ ޖާބިރު އަތުން އެއްވެސް ވަރަކަށް ފައިސާ ހޯއްދަވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފާރިސް މައުމޫނަށް ފައިސަ ދެއްވިކަމަށް ޖާބިރު ވިދާޅުވި ތާރީޙާއި، ރައްޔިތުންގެ މަޖްލީސް މެމްބަރުންތަކެއް ޕީޕީއެމް ދޫކޮށް ރައީސް މައުމޫނާއި ގުޅިވަޑައިގަތް ދުވަސްކޮޅާ ދިމާވާކަން ފާހަގަކޮށްލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ބޮލި މުލައް
މިހިރަ ފަޅާއަރަނީ ޔާމީނުގެ ވެރިކަން ވަށްޓާލުމަށް ޖެހި ސަކަރާތް