ރައީސް ނަޝީދަށް ވައްކަމުގެ ދައުވާ އުފުލި އިރު ދައުލަތުގެ ވަކީލަކަށް ހުންނެވީ މާރިޔާ!

މަރިޔަމް ލީނާ 30 ނޮވެމްބަރު 2019 21:14
Flowers
މާރިޔާ ދީދީ. ފޮޓޯ:ސަން

ކުރީގެ ރައީސް، އަދި މިހާރު ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 2001 ވަނަ އަހަރު ތެރޭގައި ވައްކަމުގެ ދައުވާ އުފުލުނެވެ.

އެމަނިކުފާނަކީ އޭރު ރައްޔިތުންގެ މަޖްލީހުގެ މާލޭގެ މެމްބަރެވެ. އޭރު ކޮންމެ ރަށަކުންވެސް ހޮވަނީ ދެ މެމްބަރުންނެވެ. އޭގެތެރެއިން އެއް މެމްބަރަކީ ރައީސް ނަޝީދެވެ. އަދި އަނެއް މެމްބަރަކީ ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ގެ ބޭބޭފުޅު އިލްޔާސް އިބްރާހިމްއެވެ.

އޭރު ރައީސް ނަޝީދުގެ މައްޗަށް އުފުލުނީ ދައުލަތުގެ މުދަލަކުން ވައްކަން ކުރުމުގެ ދައުވާއެވެ. މިގޮތުން އެ ދައުވާގައި ވަނީ ވެލާނާގޭގައި ނީލަން ކިޔުމަށް ބަހައްޓާފައި ހުރި ތަކެތި ހުރި ތަންތަން ނޫން އެހެން ތަންތަނަށް އެއްވެސް ފަރާތެއްގެ ހުއްދަ ނެތި ވަދެ، އެތަނުން ބައެއް ލިޔެކިޔުންތައް ނަގައިގެން ގެންދިޔުމުން، ސަރުކާރުގެ މުދަލަކަުން ވައްކަން ކުރުމުގެ ދައުވާ ކުރާކަމަށެވެ. 

އެ މައްސަލައާއި ގުޅިގެން އޭރު ރައީސް ނަޝީދު ހައްޔަރުވެސް ކުރެވުނެވެ. މީގައި އެންމެ ފާހަގަކޮށްލަން ޖެހޭ ކަމަކީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިހާރުގެ ޑިފެންސް މިނިސްޓަރު އަދި އޭރު ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިއުޝަންސް މާރިޔާ ދީދީކަމެވެ. މާރިޔާ ދީދީ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ވަކީލެވެ. ރައީސް ނަޝީދުގެ މައްޗަށް އޭރު އެ ދައުވާ ސާބިތުވެ މަޖްލީސް ގޮނޑިވެސް ގެއްލުނެވެ. 


އޭގެ މާގިނަ އަހަރުތަކެއް ނުވެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އުފެދުނެވެ. އަދި އެމްޑީޕީ އާއި މާރިޔާ ގުޅިވަޑައިގަތެވެ. މާރިޔާ ފަހުން ފެނިގެން ދިޔައީ ރައީސް ނަޝީދާއި ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައެވެ. އަދި މާރިޔާ މަޝްހޫރު ވެވަޑައިގެންފައި ވަނީ އެމްޑީޕީގެ "މަންމަ" ގެ ގޮތުގައެވެ. 

ކިޔުންތެރިންގެ ހިޔާލު
އަބްދޫ
ނަސީދު އެތަނުންގެންދިޔައީ ލިޔެކިއުން އެކަންޏެއްނޫން ލިޔެކިއުމުގެ އިތުރުން އެތަނުގާ އޮތް އާސާރީ 3 ތަޅާއި 2 ތަޅުދަނޑި ވެސް ގެންދިޔަ އެތަކެތީގެ ފޮޓޯ މިހާރުވެސް އެބަހުރި