Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

2020ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ޝަޚުޞިއްޔަތުގެ ތެރޭގައި ޑރ.ޝަހީމް

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ޝަޚުޞިއްޔަތުގެ ލިސްޓުގައި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރުގެ އިތުރުން، 2018ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ އިންތިޚާބީ ބައިވެރިޔާ ޑރ.މުޙައްމަދު ޝަހީމް ހިމެނިވަޑައިގެންފިއެވެ.
ޑރ.ޝަހީމްވަނީ މިލިސްޓުގައި މީގެ ކުރިންވެސް ހިމެނިވަޑައިގަންނަވާފައެވެ. ދީނީ ކަންކަން ތަންފީޒުކުރުމުގެ ދާއިރާގައި ޑރ.ޝަހީމުގެ ޚިދުމަތްތައް ފާހަގަކޮށް އެންމެ ނުފޫޒު ގަދަ 500 މުސްލިމު ޝަޚުޞިއްޔަތުގެ ތެރޭގައި އެމަނިކުފާނުގެ ނަންފުޅު ހިމަނާފައިވަނީއެވެ. އެގޮތުން އިސްލާމިކް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި ޒަކާތުގެ އުޞޫލުތައް ހަރުދަނާކުރައްވައި ވަޤުފު ފަންޑު އުފެއްދެވިކަންވެސް ލިސްޓު ޝާއިޢުކުރެވިފައިވާ ފޮތުގައި ލިޔެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ޤާއިމުކުރެއްވުމާއި، އެޔުނިވަރސިޓީގެ އިދާރީ ކަންކަން އިންތިޒާމުކުރެއްވުމުގައި އަދާކުރެއްވި ދައުރާއި، ޙައްޖު ކޯޕަރޭޝަން އުފެއްދުވުން ފަދަ ޚިދުމަތްތައް އެމަނިކުފާނުގެ ޚިދުމަތް ލިސްޓުގައި ހިމެނިފައިވެއެވެ. އަދި ރައީސް ޔާމީނުގެ އިންތިޚާބީ ބައިވެރިޔެއްގެ ގޮތުގައި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިކަންވެސް އެލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ޑރ.ޝަހީމުވަނީ މީގެ ކުރިންވެސް މިލިސްޓުގައި ހިމެނިވަޑައިގެންފައެވެ. މިއަހަރު އެންމެ ނުފޫޒުގަދަ 500 ޝަޚުޞިއްޔަތުގެ ތެރެއިން އެއްވަނަ ފިރިހެން ޝަޚުޞިއްޔަތަކަށް ހޮވިވަޑައިގަތީ ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާނެވެ. އަދި އެންމެ ނުފޫޒުގަދަ އަންހެން ޝަޚުޞިއްޔަތެއް ކަމުގައި ހޮވިފައިވަނީ އެމެރިކާގެ ކޮންގްރެސްގެ މެންބަރެއް ކަމުގައިވާ ރަޝީދާ ޠާލިބެވެ. ރަޝީދާ ޠާލިބަކީ ފަލަސްޠީނު ނަސަލަށް ނިސްބަތްވާ އެމެރިކާ ރައްޔިތެކެވެ.
މި ލިއުމާއި ގުޅޭ