Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބޮޑު އަގުލަބިއްޔަތަކުން ރައީސް ނަޝީދު ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރައްވައިފި

އެމްޑީޕީގެ ރައީސަކު ހޮވުމަށް މިއަދު ބޭއްވުނު އިންތިހާބު އެ ޕާޓީގެ މިހާރުގެ ވެސް ރައީސް، ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނު އިންތިހާބު ކުރައްވާފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ. މިގޮތުން ވޯޓު ލީ މީހުންގެ ބޮޑު އިންސައްތައެއް ވަނީ އެމަނިކުފާނު އެމްޑީޕީގެ ރައީސް ކަމަށް ހޮވަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. މި މަޤާމަށް ރައީސް ނަޝީދު ނޫން ބޭފުޅަކު ކުރިމަތި ލައްވާފައި ނުވެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ރައީސް ނަޝީދާއި ފަހުގެ ތާރީހެއްގައި އެއްވެސް ބޭފުޅަކު ވާދަކޮށްފައި ނުވެއެވެ. މިގޮތުން އެ ޕާޓީގެ ރައީސް ކަމަށް އެންމެ ފަހުންވެސް ރައީސް ނަޝީދު ހޮވިވަޑައިގަތީ އެމަނިކުފާނު އެކަނި ވާދަ ކުރެއްވި އިންތިހާބެއްގައެވެ.
އެންމެ ފަހުން އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ރައީސް ނަޝީދާއި ބޭފުޅަކު ވާދަކުރެއްވީ މީގެ 12 އަހަރު ކުރިންނެވެ. މިގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބޭއްވި އިންތިހާބުގައި ރައީސް ނަޝީދާއި ކުރީގެ ބަންޑާރަނައިބު ޑރ.މުނައްވަރު ވާދަކުރެއްވިއެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ. އޭރު ޑރ.މުނައްވަރަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އެ އިންތިހާބު ކާމިޔާބު ކުރެއްވީ އޮޅުވާލައިގެންނެވެ.
އެމްޑީޕީގެ ރައީސް ކަން ނަޝީދު ކާމިޔާބު ކުރެއްވިއިރު އެ ޕާޓީގެ ނައިބު ރައީސް ކަން ކާމިޔާބު ކުރެއްވީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
މި ލިއުމާއި ގުޅޭ