ޖޭއެސްސީގެ ރައީސަކަށް ޙިސާން

އައިޝަތު ހަނާ 13 ނޮވެމްބަރު 2019 17:28
Flowers
ހިސާން ހުސެއިން ރައީސް ނަޝީދާއެކު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް އެ ކޮމިޝަަންގެ މެމްބަރު ހިސާން ހުސައިން މިއަދު ޢައްޔަންކޮށްފި އެވެ. ރައީސް ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޙިސާން ޖޭއެސްސީގެ ރައީސްގެ މަޤާމަށް ޢައްޔަން ކުރެވުނީ  ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް މިއަދު ޖޭއެސްސީގެ ރައީސް ކަމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. 

ޖޭއެސްސީން ބުނިގޮތުގައި އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އިންތިޚާބު ކޮށްފައިވާ މެމްބަރު ހިސާން އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކުރީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގަ އެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއް އަދި އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ މައްޗަށެވެ.

ފަނޑިޔާރު އަރީފް އާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ 51 މައްސަލައެއް ޖޭއެސްސީ އިން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީވެސް ހިމެނިވަޑައިގަންނަވައެވެ. މިއަދުގެ ވަގުތެއްގައި ނެރުއްވި ބަޔާނެއް ގައި އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީ އިން އެމަނިކުފާނުގެ ޒިންމާތަކަށް ހުރަސް އަޅަމުން ގެންދާކަމަށްވެސް ވިދާޅުވެފައެވެ. 

ޝަރުޢީ ނިޒާމު އިޞްލާހު ކުރުމުގެ ނަމުގައި މިހާރު ސަރުކާރުން ފަނޑިޔާރުގެއަށް އަތްބާނަމުންދާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުންދަނީ އަޑުއުފުލަމުންނެވެ، 


ކިޔުންތެރިންގެ ހިޔާލު
ބަންޑާރަ
މިވަރުގެ މީހަކު ހަވަރުންވެސް ނުފެނުނީބާ ؟