Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޖޭއެސްސީގެ ރައީސް އިސްތިއުފާ ދެއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ކަމުން ފަނޑިޔާރު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވައިފިއެވެ.
ފަނޑިޔާރު އަބްދުﷲ އަރީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވ ފަނޑިޔާރެވެ. އެ ކޮމިޝަނުގެ ރައީސަކަށް އަރީފް އިންތިހާބު ކުރެވުނީ 11 ޖުލައި 2017 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަރީފް އިސްތިއުފާ ދެއްވީ އަރީފް ގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖޭއެސްސީ އިން ތައްޔާރު ވަމުން ދަނިކޮށެވެ.
މީގެ އިތުރުން އަރީފް އާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ 51 މައްސަލައެއް ޖޭއެސްސީ އިން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީވެސް ހިމެނިވަޑައިގަންނަވައެވެ. މިއަދުގެ ވަގުތެއްގައި ނެރުއްވި ބަޔާނެއް ގައި އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީ އިން އެމަނިކުފާނުގެ ޒިންމާތަކަށް ހުރަސް އަޅަމުން ގެންދާކަމަށްވެސް ވިދާޅުވެފައެވެ.
ޖޭއެސްސީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއް އަދި އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ މައްޗަށެވެ.
ޖޭއސްސީގެ ރައީސަކު ކަނޑަ އަޅަނީ އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
މި ލިއުމާއި ގުޅޭ