Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސަރުކާރަށް ޖެއްސުން ކުރާ މީހުން ވަޒީފާއިން ވަކިކުރުމަކީ އިންސާފު: ރޮޒައިނާ

ސަރުކާރަށް ޖެއްސުން ކުރާ މީހުން ވަޒީފާއިން ވަކިކުރަން ޖެހޭކަމަށާއި އަދި އެއީ އިންސާފުކަމުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ ވޯޓު ނުދޭ މީހުންނަށް ވެސް ހިދުމަތް ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ހަބަރެއްގައި ހުރި ކޮމެންޓުތަކުގައި މީހުން ވަޒީފާއިން ވަކިކުރާ ވާހަކައޮތުމުންނެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައިފަހުން އަދި އޭނާގެ ދާއިރާއިން ރަނގަޅަށް ވަޒީފާ އަދާ ކުރާ އެއްވެސް މީހަކު ކަނޑާލާފައި ނުވާކަމަށެވެ.
"ސަރުކާރަށް ޖެއްސުންކޮށް، ވަޒީފާ އަށް ފަރުވާކުޑަކުރާ މީހުން ވަކިކުރަންޖެހޭ. އެއީ އިންސާފު" ރޮޒެއިނާ ވިދާޅުވިއެވެ.
Baeh meehun mi habaruge comment ga meehun vazeefa in vakikuraa vaahaka liyefa ebahuri.Alhuganduge dhaaira in mi sarukaaru aifahun rangalhah vazeefa adhaakura evves meehaku kanda eh nulaa. Sarukaarah jessunkoh vazeefa ah faruvaakuda kuraameehun vaki kuran jehey. Eyee insaaf. https://t.co/HRMmfz18P6— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 11, 2019

ރޮޒައިނާ މިހެން ވިދާޅުވެފައިވާ އިރު ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުން ވަޒީފާއިން އެއްވެސް މުވައްޒަފަކު ވަކި ކުރެވޭނެ ހާލަތްތައް އޮވެއެވެ. އަދި އެ ވަގުތަކު އޮންނަ ސަރުކާރަކަށް ތާއީދުނުކޮށްގެން އެއްވެސް މުވައްޒަފަކު ވަކިކުރުމަކީ އެ ޤާނޫނާއި ހިލާފު ކަމެކެވެ. ސިޔާސީ ވިސްނުމަށް ބަލާ ހަމައެކަނި ވަޒީފާއިން ވަކި ކުރެވޭނީ ސިޔާސީ ގޮތުން އައްޔަން ކުރެވޭ ސިޔާސީ މުވައްޒަފުންނެވެ.
މި ލިއުމާއި ގުޅޭ