Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބިރު ދެއްކިއަސް މި ކުރާ މަސައްކަތެއް ނުހުއްޓުވޭނެ: އިދިކޮޅު

ސަރުކާރުން ކިތަންމެ ބިރު ދެއްކިއަސް، ކުރީގެ ރައީސް ޔާމީނަށް އިންސާފު ހޯދުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ސިޔާސީ ދައުވާ އާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ސަރުކާރަކަށް ނުހުއްޓުވޭނެކަމަށެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް 17 ނޮވެމްބަރަށް ތާވަލް ކުރީ ރޭވުމެއްގެ ތެރެއިން ކަމަށާއި ސަރުކާރުން ބޭނުންވަނީ ރައީސް ޔާމީން އެދުވަހު ޖަލަށްލާ އުފާ ފާޅުކުރަންކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒަމު އެއްކޮށް ހަލާކު ވެއްޖެ ކަމަށާއި މިއަށްވުރެ ވަކިން ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި ހިނގި ދުވަސްވަރެއް ނާންނަކަމަށް އަދުރޭ ވިދާޅުވިއެވެ."ސަރުކާރުން ވަނީ 3 ބާރު އެއްކޮށްލާފަ.. މުޅި ދައުލަތް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް ނަޝީދު ހައިޖެކްކޮށްފި"
އަދި ސަރުކާރުގެ މުޅި އަމާޒަކީ ރައީސް ޔަމީނަށް ހައްޤު ނޫން އަދަބެއް ދިނުން ކަމަށާއި އެކަން ކުރުމަށް ސަރުކާރުން ދަނީ ޝަރުއީ ނިޒާމުގެ އަގުވެސް ވައްޓާލަމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީނަށް ކުރާ ސިޔާސީ ދައުވާއާއި ދެކޮޅަށް މިރޭވެސް އަޑު އުފުލަން ނިންމާފައެވެ. މިގޮތުން ޕީޕީއެމްގެ އޮފީސް ކުރިމަތީ އެއްވުމެއް އޮންނާނެ ވާހަކަ އެ ޕާޓީއިން ވަނީ އިއުލާންކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ތަކުރާރުކޮށް މިއަދުވެސް އަދުރޭ ވިދާޅުވިއެވެ. މިގޮތުން ރައީސް ޔާމީން އެންމެ ފުރަތަމަ ހައްޔަރު ކުރީ ހެއްކަށް ނުފޫޒު ފޯރުވަނީ ކަމަށް ބުނެކަމަށާއި ތަހުގީގު ކުރި އެހެން މައްސަލައެއްގައި ކަން އަދުރޭ ފާހަގަކުރެެއްވިއެވެ. އަދި ފަހުން ދައުވާ ކުރެވުނީ މުޅިން އެހެން މައްސަލައެއްގައި ކަމަށް އަދުރޭ ވިދާޅުވިއެވެ. މިހެން ކަމުން މިކަންކަމަށް ބަލާލުމުން މުޅި ދައުވާ އަކީ ސިޔާސީ ދައުވާއެއްކަމަށް ސާބިތުވާކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން އެންމެ ފުރަތަމަ ތާވަލު ކުރެވުނީ 5 ނޮވެމްބަރުގައެވެ. ނަމަވެސް ޖޭއެސްސީއިން ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރު އަހްމަދު ހައިލަމް ހަމަ އެދުވަހު ސަސްޕެންޑުކޮށްފައެވެ. އަދި މިހާރު އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވަނީ ޝަރީއަތުގެ އަޑު އެހުމެއް 17 ނޮވެމްބަރަށް ތާވަލްކޮށްފައެވެ.
މި ލިއުމާއި ގުޅޭ