Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މިއަހަރު 49 ބިލިއަން ރުފިޔާގެ ހިލޭ އެހީ ޔަގީން ކުރެވިއްޖެ: ހޫދު

މިއަހަރު ބޭރުގެ އެކި ފަރާތްތަކުން އެހީގެ ގޮތުގައި 49 ބިލިއަން ރުފިޔާ (3.21 ބިލިއަން ޑޮލަރު) ޔަޤީން ކުރެވިއްޖެކަމަށް ރައީސުލްޖުމުހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ހޫދު ވިދާޅުވީ ފާއިތުވި އަހަރު ބޭރު ޤައުމުތަކާއި ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރެވިފައިވާ ކަމަށެވެ. މިގޮތުން ބައިނަލްއަޤްވާމީ މުޖުތަމައުއާއި ޤާއިމް ކުރެވުނު ގާތް ގުޅުމުގެ ސަބަބުން، 3.21 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ޔަޤީން ކުރެވިފައިވާ ކަމަށެވެ.


ހޫދު މިހެން ވިދާޅުވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވައެވެ. ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެންމެ ގިނަ އަދަދަކަށް އެހީ ދީފައިވަނީ އިންޑިއާއިން ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ. މިގޮތުން އެހީގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ދޭން ނިންމާފައިވާކަމަށް މީގެ ކުރިން ސަރުކާރުން އިއުލާން ކުރިއެވެ. ނަމަވެސް މި ފައިސާގެ ތެރެއިން ހިލޭ އެހީއަކީ ވަރަށް މަދު މިންވަރެއްކަން ވަނީ ފަހުން ހާމަވެފައެވެ. މިގޮތުން 1.4 ބިލިއަން ޑޮލަރުގެ ތެރެއިން އަނބުރާ ދައްކަން ނުޖެހޭގޮތަށް ލިބިފައިވަނީ މުޅިއެކު 62.4 މިލިއަން ޑޮލަރެވެ. އޭގެ އިތުރަށް ދެން ދައްކަން ޖެހޭ ހުރިހާ ފައިސާ އަކީ ވެސް އެކި މުއްދަތުތަކުގައި އަނބުރާ ދައްކަން ޖެހޭ ލޯނެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ބޭރުގެ ބައެއް ބޭންކުތަކުން ވެސް ލޯނު ނަގާފައެވެ. މިގޮތުން ގުޅިފަޅު ހިއްކަން ނެދަލޭންޑުގެ އައިއެންޖީ ބޭންކުން ބޮޑު ލޯނެއް ނަގަން ވަނީ ނިންމާފައެވެ. އަދި ދާދި ފަހުން މާލީ ވަޒީރު އަމީރު ހާމަ ކުރެއްވި ގޮތުގައި ބަޖެޓު ދަރަނި ފޫބައްދަން ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކަންވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
މި ލިއުމާއި ގުޅޭ