Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބައެއް މަސައްކަތް ހަމައެކަނި ދިވެހި ކުންފުނިތަކާ ހަވާލުކުރަން ނިންމަނީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓު މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމުގައި ހަމަޖެއްސެވުމަށް އިންތިޒާމުތައް ރާއްވަވަމުން ގެންދަވާ ކަމުގައި މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރޭގައި އޮތް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ބިޑު ހުށަހެޅުމަށް ހުޅުވައިލުމުން، ބޭރު ކުންފުނިތަކުން ވާދަވެރި އަގުތަކެއް ހުށަހަޅާ ކަމުގައެވެ. އެހެންނަމަވެސް ސަރުކާރުގެ ވިސްނުންހުރީ ޓެންޑަރގެ އުޞޫލުތަކަށް ބަދަލުގެނެސްގެން ދައުލަތުގެ އަމިއްލަ މާލިއްޔާއިން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކަކީ ހަމައެކަނި ރާއްޖޭގެ ކުންފުނިތަކަށް ކުރިމަތިލެވޭނެ މަޝްރޫޢުތަކެއް ކަމުގައި ހެދުމަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގެންނަން ނިންމާފައިވާ ބަދަލުތައް އަންނަ މަހު ފުރިހަމަކޮށް ސަރުކާރު ގެޒެޓުގައި ޝާއިޢުކުރައްވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވާ ތިރީސް ހަތްހާސް ފަސްސަތޭކަ މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އެއް 10ހާސް 1 ސަތޭކަ މިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚާއްޞާކުރެވިފައިވާ ބަޖެޓެވެ. އެބަޖެޓުގައި ވަކި އަގުތަކެއްގެ މަޝްރޫޢުތަކަކީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ މަޝްރޫޢުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ވިސްނަވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި މިމަޝްރޫޢުތަކުގެ ތެރެއިން 5 މިލިއަން ރުފިޔާއަށްވުރެ އަގުހެޔޮ ކޮންމެ މަޝްރޫޢެއް ރަށު ނުވަތަ އަތޮޅު ކައުންސިލުން ހިންގާ ގޮތަށް ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރުމަށް ސަރުކާރުން ހުށަހަޅާފައިވެއެވެ.
މި ލިއުމާއި ގުޅޭ