Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ އަސާސެއް ނެތް ދައުވާއެއް: ޑރ.ޝަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަސާސެއް ނެތް ދައުވާ އެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޑރ.ޝަހީމް ވިދާޅުވީ ގާޒީ ހައިލަމްގެ ބަޔާނުން ދޭހަވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އަސާސެއް ނެތި ޒާތީ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ދައުވާއެއް ކަމަށެވެ. އަދި ވަކި ގޮތަކަށް ހުކުމް ކުރަން ގާޒީ އަށް ބިރުދެއްކުމަކީ ދީނާއި ޤާނޫނާއި ހިލާފު ނާތަހުޒީބު އަމަލެއްކަމަށް ޝަހީމް ވިދާޅުވިއެވެ.


ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިން ދައުވާގެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް، ޖޭއެސްސީއިން ވަނީ މިދިޔަ ނޮވެމްބަރު 5 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ. ހައިލަމް ސަސްޕެނޑު ކޮށްފައިވަނީ ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް އިއްވުމުގެ މަޖްލީސް ފެށެން 5 ގަޑި އިރަށް ވެފައި ވަނިކޮށެވެ. އޭގެ ފަހުން 7 ނޮވެމްބަރު ގައި ހައިލަމް ނެރުނު ބަޔާނެއް ގައި، ސަރުކާރުން ވަކިގޮތަކަށް ހުކުމް ނެރޭނެ ކަން ކަށަވަރުކުރުމަށް މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ. އަދި ރައީސް ޔާމީނަށް ޖަލު ހުކުމެއް ނައިސްފިނަމަ ހައިލަމްގެ މައްސަލަތަކެއް ބަލައި ސަސްޕެންޑު ކުރާނެކަމުގެ އިންޒާރުވެސް ދިންކަމަށް ހައިލަމް ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ