Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަދީބުގެ ޝަރީޢަތް ވަގުތުން ދުރަށް ދައްކައިދިނުމަށް އޭސީސީއިން އެދިއްޖެ

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކޮށްފައިވާ ޖިނާއީ ދަޢުވާގެ ތުހުމަތުގައި ކުރިއަށް ގެންދާ ޝަރީޢަތް ވަގުތުން ޓީވީއިން ދެއްކުމަށް އޭސީސީއިން އެދިއްޖެއެވެ. އަދީބުވެސްވަނީ އެމަނިކުފާނުގެ ޝަރީޢަތް ދުރަށް ދައްކައިދިނުމަށް އަދީބުވެސް އެދިވަޑައިގަންނަވާފައިވެއެވެ.
އެޝަރީޢަތްތަކުގެ ފެށުން މިއަދު ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވެއެވެ. އަދީބުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހަތް ދަޢުވާއެއް އުފުލާފައިވެއެވެ. އެ 7 ދަޢުވާވެސް ގުޅިފައިވަނީ 2014ވަނަ އަހަރާއި 2015ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި ކަޅުފައިސާ ދޮތުމުގެ މައްސަލަތަކާއެވެ.
އެދަޢުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ކޮށްފައިވާ ތަޙުޤީޤު ނިންމައި، އެމައްސަލަތަކުގައި ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވުމާ ގުޅިގެންނެވެ. މިހުރިހާ ދަޢުވާއެއްވެސް އުފުލާފައިވަނީ ތަޙުޤީޤުގައި އަދީބު އިޢުތިރާފުވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. އަދީބުވަނީ އެމްޕީޕީއާރުސީގެ ކޮރަޕްޝަންއާ ގުޅުންހުރި ކުށްތަކަށް އިޢުތިރާފުވުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އަދީބުގެ މައްޗަށް މިހައިހަމައަށް ސާބިތުވެފައިވަނީ އެމްޕީޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން އެންމެ މައްސަލައެކެވެ. ނަމަވެސް އެޙުކުމް ހައިކޯޓުން ބާޠިލުކޮށް އަލުން ބެލުމަށް އަންގާފައިވެއެވެ. ދައުލަތުން ހައިކޯޓު އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. ނަމަވެސް އެމައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމުގައި ދައުލަތުން އެމައްސަލައިގެ އަޑު އެހުމުގައި ބުނެފައިވެއެވެ. އެއީ އަދީބާ ދައުލަތާ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދައުލަތުން ނިންމި ނިންމުމެކެވެ.
މި ލިއުމާއި ގުޅޭ