Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ތަހުގީގަށް ހާޒިރުވާން އަޒުރާ އަދި ޝަހިންދާ ދެކޮޅު ހަދައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ލިޔުނު ރިޕޯޓު ލިޔުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަހިންދާ އިސްމާއިލް އަދި އަޒްރާ ނަސީމް ތަހުގީގަށް ހާޒިރުވާން ދެކޮޅު ހަދައިފިއެވެ.
ޝަހިންދާ އަދި އަޒުރާވެސް މިވަގުތު ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ފުލުހުން ވަނީ އެ ދެމީހުން ފުލުހަށް ހާޒިރުވާ ޗިޓު ފޮނުވާފައެވެ. އަދި އެ ޗިޓު ލިބުނުކަން ކަށަވަރުވެސް ކޮށްފައެވެ.
ނަމަވެސް އެ ދެމީހުންވެސް ވަނީ ރާއްޖޭގައި ރައްކާތެރި މާހައުލެއް ނެތްކަމަށް ބުނެ ފުލުހަށް ހާޒިރުވުމަށް ދެކޮޅު ހަދާފައެވެ.
އެމްޑީއެން މައްސަލާގައި ފުލުހުން ހިންގި ތަހުގީގަކަށް ފަހު އެ ރިޕޯޓުގައި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ވަނީ ނިންމާފައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަމިއްޔާ އުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ. ޝަހިންދާ އަދި އަޒުރާއަށް ޗިޓު ފޮނުވި ނަމަވެސް، އެ ރިޕޯޓު ލިޔުމުގައި ދެން ހަރަކާތްތެރިވި ލީވާން އަދި މުޝްފިގަށް ޗިޓު ފޮނުވިކަމެއް އެނގިފައިނުވެއެވެ.
މީގެ އިތުރުން އެމްޑީއެންގެ ރިޕޯޓު ލިޔުނު އިރު އެ ޖަމިއްޔާގެ ޗެއާޕަސަން ކަމުގެ މަޤާމުގައި ހުރި ނޫޝިން ވަހީދާއި، ނައިބު ޗެއާޕާސަން ކަމުގައި ހުރި މިހާރުގެ ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ތަހުގީގަށް ހާޒިރުކުރި ކަމެއް އެނގިފައިނުވެއެވެ. ނޫޝިން ވަހީދަކީ މިހާރު ރައީސް އޮފީހުގެ ކައުންޓަރ ޓެރަރިޒަމް ކޮންސަލްޓެންޓެވެ. އޭނާ އެމްޑީއެން އިން އިސްތިއުފާ ދިނީ އެމްޑީއެން މައްސަލާގައި، ރައްޔިތުން ޝުއޫރު ފާޅު ކުރަންފެށުމުންނެވެ.
އެމްޑީއެން އާއި ދެކޮޅަށް މިހާތަނަށް 140 އަށްވުރެ ގިނަ ކައުންސިލްތަކުން ވަނީ ބަޔާން ނެރެފައެވެ. ނަމަވެސް ރައީސް ސޯލިހް ވެސް އަދި ރައީސް ނަޝީދުވެސް ވަނީ އެމްޑީއެން ދިފާއުކުރާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމްޑީއެން އާއި ދެކޮޅަށް އަޑު އުފުލަނީ ސިޔާސީ ބޭނުމަކަށް ކަމަށްވެސް ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ