Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޖޭއެސްސީގެ އިންޒާރު ފަނޑިޔާރުންނަށް!

ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު އިސްލާޙަށް ޢަމަލު ނުކުރުމަށް ނުވަތަ އެ އިސްލާޙުގެ ބާރު ކެނޑޭގޮތަށް ނުވަތަ ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީގެ ޓުވިޓަރއިން ކޮށްފައިވާ ޓުވީޓެއްގައިވަނީމިރޭ ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގައި ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު އިސްލާޙަށް ޢަމަލު ނުކުރުމަށް/އެ އިސްލާޙުގެ ބާރު ކެނޑޭގޮތަށް/ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.


ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވާ މިގޮތަށް ނިންމާފައިމިވަނީ މިރޭ ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވާކަމުގެ މަޢުލޫމާތު ލިބިފައި ވަނިކޮށެވެ. ޖުޑިޝަލް ކައުންސިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ކައުންސިލެކެވެ.
ހަމަ މިއާއެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްވެސް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާތީ އެކަމާ ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްވަނީ ފާޑު ވިދާޅުވެފައެވެ. ޝިޔާމް ކުރެއްވި ޓުވީޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދާ ޚިލާފަށް ފަޔަށް ހިނި އަރައިގެން ހުކުރު ދުވަހެއްގެ ރޭގަނޑު މަޖިލިސް ހުޅުވައިގެން ޕާޓީ މީހުން އެކަނި ތިބެ ޖުޑިޝަރީ ކޮމިޓީ ބާއްވަނީ ކޮން ނުފޫޒެއް ފޯރުވަންތޯ ސުވާލު ކުރައްވާފައެވެ. ހެނދުނު ޖޭއެސްސީ ކޮމިޓީގައި އިނދެފައި ރޭގަނޑު ޖުޑިޝަރީ ކޮމިޓީ ގައި އިނުމަކީ ކޮން ދިމިގްރާތެއްތޯވެސް ޝިޔާމްވަނީ ސުވާލު ކުރައްވާފައެވެ. އިދިކޮޅު ފަރާތްތަކުންދަނީ ޖުޑިޝަރީ އިޞްލާޙު ކުރުމުގެ ނަމުގައި ސަރުކާރުން ޖުޑިޝަރީއަށް އަތްބާނަމުންދާ ކަމަށްބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
މި ލިއުމާއި ގުޅޭ