ޕީޕީއެމްއާއި އެމްޑީޕީގެ މެދުގައި ތަފާތުކުރާކުރާތީ ޝުޖާ ނުރުހުން ފާޅުކުރައްވައިފި

ޙުސައިން އަފްޝަން 26 އޮކްޓޯބަރު 2019 23:06
Flowers

ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވެ ތިބުން މަނާކޮށް އެއޮފީސް ދޮރުމަތީގައި ފުލުހުން ޓޭޕު ދަމާފައިވުމާއެކު، އެމްޑީޕީގެ ޖަގަހައިގެ ކުރިމައްޗަށް އެއްވެއުޅުން މަނާނުކުރުމާ ގުޅިގެން، ޕީއެންސީގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާ ފާޑު ވިދާޅުވެއްޖެއެވެ.

މިރޭ ޝުޖާ ޝާއިޢުކުރެއްވި ޓުވީޓެއްގައި ބޮޑު ތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ އަތިރިމަތި ޖަގަހައިގެ ފޮޓޯތައް ހިއްސާކުރައްވަމުން، އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ޕާކުކުރެވޭ ކަމަށްވާނަމަ، އެކަން ޕީޕީއެމަށްވެސް އޯކޭވާންޖެހޭނެ ކަމުގައެވެ. އަދި އޭނާ ގޮވާލައްވާފައިވަނީ ވަލު ޤާނޫނު ދޫކޮށްލުމަށެވެ.ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވެ ނުތިބެވޭނެ ކަމުގައި ފުލުހުން އަންގަވައި، އެއޮފީސް ކުރިމަތީގައި ޓޭޕު ދަމާފައިވެއެވެ. ފުލުހުން އެސަރަހައްދުގައި ޓޭޕު އަޅައި ބަންދުކޮށްފައިވަނީ އެސަރަހައްދުގައި ފުލުހުން އެމްޑީއެންއަށް ފާޑުކިޔައި، އެޖަމްޢިއްޔާ އުވައިލުމަށް ގޮވައިލާ ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ފަށާފައިވަނިކޮށެވެ. އެހެންނަމަވެސް ޕީޕީއެމް އޮފީސް ކުރިމަތީގައި ފުލުހުން ޓޭޕު ދަމާފައިވާވުމާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން އެއްވެސް މަޢުލޫމާތެއް އަދި ހިއްސާކޮށްފައިނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު