Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޕީޕީއެމް އޮފީސް ކުރިމަތީގައި ނުތިބެވޭނެ ކަމަށް އަންގައި އެ ސަރަހައްދުގައި ފުލުހުން ޓޭޕް ދަމައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ކުރިމަތީގައި އެއްވެ ނުތިބެވޭނެ ކަމަށް އެ ޕާޓީއަށް އެންގުމަށް ފަހު އެ ސަރަހައްދުގައި ފުލުހުން ޓޭޕް ދަމައިފިއެވެ.
ފުލުހުން ޕީޕީއެމް އޮފީސް ކުރިމަތީގައި ނުތިބެވޭނެ ކަމަށް އަންގައި އެ ސަރަހައްދުގައި ޓޭޕް ދެމިއިރު ޕީޕީއެމް އާއި ޕީއެންސީން ދަނީ އެމްޑީއެން އާއި ދެކޮޅަށް އެ ސަރަހައްދުގައި އަޑުއުފުލަމުންނެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އެމީހުން ބުނެފައިވާ ގޮތުންޕީޕިއެމް އޮފީސް ކުރިމަތީގައި ނުތިބެވޭނެ ކަމަށް އެންގީ އެމްޑީއެން އާއި ދެކޮޅަށް އަޑުއުފުލުން ހުއްޓުވުމުގެ ގޮތުންކަމަށެވެ.
އެހެން ނަމަވެސް ޕީޕީއެމް އޮފިސް ކުރިމަތީގައި ޓޭޕް ދެމުމާއި ބެހޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.
އިސްލާމްދީނާއި ހިލާފު ގިނަ ވާހަކަތަކެއް އެކުލެވޭ އެމްޑީއެންގެ ރިޕޯޓު ނެރުމުން ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވެސް ހިމެނެއެވެ.
ގިނަ ބައެއްގެ ޕްރެޝަރު ސަރުކާރަށް ކުރިމަތިވުމުން ވަނީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރުގެ މަގާމުތަކުގައި އެމްޑީއެންގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން އަދިވެސް އެބަތިއްބެވެ.
މި ލިއުމާއި ގުޅޭ