Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޓުއަރިޒަމްގެ ޑިރެކްޓަރު ސްމިތަށް ކުރި ބަނގުރާ ގެންގުޅުނު ކަމުގެ ދައުވާ ސާބިތެއްނުވި!

ޓުއަރިޒަމް މިނިސްޓްރީގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލީ ހާޝިމް(ސްމިތު) ގެ މައްޗަށް ދައުލަތުން ކުރި ދިވެހިރާއްޖެއަށް ބަނގުރާ އެތެރެ ގެންގުޅުމުގެ ދައުވާއިން ސްމިތު ސަލާމަތްވެއްޖެއެވެ.
ސްމިތާއި އިތުރު މީހަކަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައި، ހުޅުމާލޭ ފިތިރޯނުމަގުން ސައިކަލެއްގައި ދަމުން، ފުލުހުން އަންނަތަން ފެނުމުން އަތުގައި އޮތް ދަބަހެއް ހުޅުމާލޭ ވަލުތެރެއަށް އެއްލާލުމުން، ފުލުހުން ގޮސް ބެލިއިރު އެ ދަބަހުގައި ބަނގުރާ ހުރުމުންނެވެ. މި މައްސަލާގައި ސްމިތާއި އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ.
ސްމިތު މައްޗަށް މި މައްސަލާގައި ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ. ގާޒީ ރަޝީދު ހުސެއިން ބެއްލެވި މި މައްސަލާގައި، ސްމިތު މައްޗަށް މި ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރީ، ޝަރީއަތުގެ މަޖްލީހުގައި ފުލުހުން ދިން ހެކިބަހާއި، ތަހުގީގަށް ދިން ބަޔާނާއި ފުށު އެރުންތައް ހުރިކަމަށް ބުނެއެވެ. މިގޮތުން ޝަރީއަތުގެ މަޖްލީހުގައި، ފުލުހުން ބުނެފައިވާ ގޮތުގައި، ސްމްތާއި އިތުރު މީހަކު ވަނީ ސައިކަލުގައި ދަމުން އެ ދަބަސް ވަލުތެރެއަށް އެއްލާލާފައެވެ. ނަމަވެސް ތަހުގީގު ބަޔާނުގައި ވާގޮތުން، އެ ދެމީހުން ވަލުތެރޭގައި ދަބަސް ބާއްވާފައި ސައިކަލަށް އެރިތަން ފުލުހުންނަށް ވަނީ ފެނިފައެވެ. މިކަމަށް ރިއާޔަތްކޮށް ހުކުމގައި ވަނީ އެހެން ކަމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެކަން ހިނގިކަން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ޑިރެކްޓަރެއްގެ ގޮތުގައި މިހާރު ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ސްމިތަކީ މީގެ ކުރިން ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފަރާތެކެވެ. މިގޮތުން ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސިއްދީޤަށް ހަމަލާދީ މާރާމާރީ ހިންގައިގެން އޭނާ ހައްޔަރު ކުރިއެވެ. ނަމަވެސް އެމްޑީޕީ އެކްޓިވިސްޓުންގެ ޕްރެޝަރާ ހެދި ފުލުހުން ވަނީ ސްމިތު ދޫކޮށްލާފައެވެ. ނަމަވެސް އޭނާ ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދުވަސްވަރު މީޑިއާގައި ވިދާޅުވިއެވެ. މީގެ އިތުރުން 2012 ވަނަ އަހަރު އަވާހަރަކޮށްލެވުނު ޑރ.އަފްރަޝީމްގެ މަރުގެ މައްސަލާގައި ވެސް ސްމިތު ހައްޔަތު ކުރެވުނެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. މިއަހަރުގެ ފެބްރުއަރީ މަސް ތެރޭ ސްމިތު "ސީއެންއޭ" ކިޔާ ބޭރުގެ ޗެނަލްއަކަށް ދިން ބަސްދީގަތުމެއްގައިވެސް، އޭނާ އަކީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހެއް ކަމަށާއި އަދި ގިނަ ފަހަރުތަކެއްގެ މަތިން ޖަލަށްވެސް ލާފައިވާ ކަމަށް ބުނެފައިވެއެވެ.
ސްމިތަށް ޓުއަރިޒަމް މިނިސްޓްރީގެ މަޤާމެއް ދިނުމުން ގިނަ ބަޔަކު އޭރު ކަންބޮޑުވުން ފާޅުކުރިއެވެ.
މި ލިއުމާއި ގުޅޭ