Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދިޔާނާގެ ޗެޓްލޮގްތަކެއް ލީކްވުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން!

ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުވާފައިވާ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ޗެޓް ލޮގްތަކެއް ސޯޝަލް މީޑިޔާގައި ލީކް ކޮށްލައިފިއެވެ.
ދިޔާނާ އަކީ ޖޭއެސްސީން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް "ހައިލީ ރިކޮމެންޑެޑް" ކޮށްފައިވާ ފަރާތެކެވެ. ޗެޓްލޮގްތައް ލީކުވުމާއި އެކު ގިނަ ބަޔަކު ދަނީ ދިޔާނާ އަކީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖެހޭ މީހެއް ނޫންކަމަށް ބުނެ ޚިޔާލު ފާޅުކުރަން ފަށާފައެވެ.
ސޯޝަލް މީޑިޔާގައި ލީކްކޮށްލާފައި ވަނީ ދިޔާނާ އާއި އެހެން ބަޔަކު ޓްވިޓަރ މެދުވެރިކޮށް ކޮށްފައިވާ ގްރޫޕް ޗެޓެކެވެ. އެ ގްރޫޕްގައި މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އާއިޝަތު އާނިޔާއާ އާއިމަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވެސް ހިމެނެއެވެ.
It’s been almost four weeks since the people started a call to #BanMDN and to remove the secularists from the government. @ibusolih recommended Dhiyana Saeed’s name to the SC, who is another proponent of secularism in Maldives. Here’s some leaked chat logs. #BanMDN pic.twitter.com/IjpjIhks5P— Hamdhan Shakeel (@HamdhanShakeel) October 22, 2019

ލީކްވެފައިވާ ޗެޓްލޮގްތަކުން ފެންނަ ގޮތުގައި މައިގަނޑު ގޮތެއްގައި ދިޔާނާ ދައްކާފައި ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންނާއި ބެހޭ ގޮތުންނެވެ. އެގޮތުން އެމީހުންގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ދިޔާނާ ވަނީ ވާހަކަ ދައްކާފައެވެ.
އަދި ޚާއްސަ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އެއްފަހަރަކު އިސްލާމިކް ކައުންސިލަށް ހާޒިރު ކަމަށް ބުނެ ދިޔާނާ އެވާހަކަ ގްރޫޕްގެ މެންބަރުންނާއި ހިއްސާކުރެއެވެ. ދިޔާނާ ބުނެފައިވާ ގޮތުގައި ހާޒިރު ކުރީ ހާއްސަ މަޖިލީހުގެ ބަހުސެއްގައި އަންހެނުން ބުރުގާ އަޅަން ނުޖެހޭނެ ކަމަށް ބުނެ ވާހަކަ ދެއްކުމުންނެވެ.
އެވާހަކަތައް ނިންމާލަމުން ދިޔާނާ ވަނީ ރަޖަމް ކުރުމާއި ބެހޭގޮތުން ވެސް ހުޅުވާލެވިފައިވާ ބަހުސަކަށް ދާން ޖެހޭނެ ކަމަށް ވެސް ބުނެފައެވެ.
މީގެ އިތުރުން ލީކްވެފައިވާ ގްރޫޕް ޗެޓްގެ ބައިވެރިޔަކު ވަނީ އިސްލާމީ މަރުކަޒުގެ އިމާމުގެ ފޮޓޯއެއް ޝާއިއުކުރުމަށްފަހު އެއީ ވަރަށް ނުރައްކާތެރި ބޭފުޅެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ. އަދި "ވަގުތު" ނޫހާއި "މިއަދު" ނޫސް ހުއްޓުވުމަށް މަސައްކަތް ކުރާ ވާހަކައާއި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އާއި ޑރ. ޒައިދު އާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ގްރޫޕް ޗެޓްގައި ބައިވެރިޔަކު ވަނީ ވާހަކަ ދައްކަފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ދިޔާނާ ސީދާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރޭގެ ވަގުތެއްގައި ޗެޓް ލޮގްތައް ލީކުވުމާއި އެކު ދިޔާނާ ވަނީ ޓްވިޓަރ އެކައުންޓު ޕްރައިވެޓްކޮށްފައެވެ.
ދިޔާނާގެ ޗެޓްލޮގްރައް ލީކް ކޮށްލުމާއި އެކު އެކަމަނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.
މި ލިއުމާއި ގުޅޭ