Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މުރުތައްދުވާ މީހުންނަށް އާސަންދަ ދޭކަށް ނުޖެހޭ: ރައީސް ޔާމީން

އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ދައުލަތުގެ ފަރާތުން އާސަންދައިގެ ޚިދުމަތް ދޭން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ ކާނިވާ ސަރަހައްދުގައި ޕީއެންސީ ކޯލިޝަނުގެ ފަރާތުން ކުރިއަށް ގެންދާ "އަންނަނީ އަންނަނީ" ނަމުގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީޢަތުގައި ވެސް މުރުތައްދުވާ މީހާއަށް އޭނާގެ ބައްޕަގެ މުދަލުން ވާރުތަ ނުވާ ކަމަށެވެ. އެހެން ކަމުން ގައުމުގެ މާލިއްޔަތުން ވެސް އެފަދަ މީހުންނަށް އެއްޗެއް ހައްޤު ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދީނާއި ޚިލާފު ރިޕޯޓް ނެރުނު އެމްޑީއެންގެ ރައީސާ ޝަހިންދާއަށް އާސަންދަ ދެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީން މިހެން ވިދާޅުވި އިރު އެމަނިކުފާނުގެ ވެރިކަމުގައި ދީނަށް ފުރައްސާރަކުރާ މީހުންނާއި މުރުތައްދުވާ މީހުންނަށް ދައުލަތުން އިނާޔަތް ނުދޭ ގޮތަށް ޤާނޫނެއް ފާސްކުރަން މަސައްކަތް ކުރައްވާފައި ވެއެވެ.
އެމްޑީއެން އިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ވެސް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެގޮތުން ސަރުކާރުން މިހާރު އެމްޑީއެން ސަސްޕެންޑް ކުރިކަމަށާއި އަދި ތަހުގީގް ކުރާކަމަށް ބުނެފައިވާތީ އެކަމާއި މެދު ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
"ދެން މި ވިދާޅުވަނީ މިހާރު ސަސްޕެންޑް ކޮށްފައޭ. ދެން ތަހުގީގު ކުރަނީއޭ. ކޮން އެއްޗެއްތޯ އެ ރިޕޯޓުގައި ތަހުގީގުކުރަން އޮތީ. މުސައްނިފުގެ ނަމާއި އެކު އެ އޮތީ ލިޔެފައި. އެމީހުންނާއި މެދު ފިޔަވަޅު އަޅާކަން ނުކެރޭނެ. މި ސަރުކާރުން އެކަމެއް ނުކުރާނެ. އެ ހިތްވަރެއް މި ސަރުކާރުގެ ނުހުންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި މިރޭގެ ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ "އެޖެންޑާ 19" އަކީ ދިވެހިންނަށް އުފުލޭ ވަރުގެ އެއްޗެއް ނޫން ކަމަށެެވެ. އަދި އެމަނިކުފާނު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި ޣައިރު ދީންތައްފެތުރިގެން ހިނގައިދާނެތީކަމަށެވެ.
މި ލިއުމާއި ގުޅޭ