Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މުޒާހަރާކޮށްގެން ރައީސް ޔާމީންގެ ސަޕޯޓަރަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކުރިއަށް ދިޔައިރު އެ ސަރަހައްދުގައި ރައީސް ޔާމީންގެ ސަޕޯޓަރުން ކުރި މުޒާހަރާގެ ތެރެއިން ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތެއް ހައްޔަރުކޮށްފިއެވެ.
38 އަހަރުގެ އައްޑޫއަށް ނިސްބަތްވާ ޝަމްޒީނާ ހައްޔަރުކޮށްފައި ވަނީ ރައީސް ޔާމީނަށް ކުރަމުން ދަނީ ސިޔާސީ ދައުވާ އެއް ކަމަށް ބުނެ އަޑުއުފުލަމުންދަނިކޮށެވެ. މި މުޒާހަރާގައި ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގިއެވެ.
މިއީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވިފަހުން ފުލުހުންނާއި އިދިކޮޅު ފަރާތްތަކޢި ދެެމެދު ހިނގި މިފަދަ ފުރަތަމަ ކުރިމަތިލުމެވެ. ޝަމްޒީނާއަކީ މުޒާހަރާއެއް ކޮށްގެން ރައީސް ސޯލިހްގެ ސަރުކާރުގައި ހައްޔަރުކުރެވުނު ދެވަނަ ފަރާތެވެ. މިގޮތުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރައީސް އޮފީސް ކުރިމަތީގައި ހިމޭން މުޒާހަރާއެއް ކޮށްގެންވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
އިދިކޮޅު ގައި މިހާރުގެ ސަރުކާރުގެ ބޭފުޅުން ތިއްބެވި އިރު، ވަރަށް ގިނައިން މުޒާހަރާ ކުރާކަން ފާހަގަކުރެވެއެވެ. މިގޮތުން ރައީސް ސޯލިހް އަކީވެސް ގިނަ އަދަދެއްގެ މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.
މި ލިއުމާއި ގުޅޭ