Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށްއޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް

ސްރީލަންކާ ކައިރި ސަރަހައްދުގައި އުފެދިފައިވާ ތޫފާން "ބުރެވި" އާއި،ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދަށް އާދަޔާ ހިލާފަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެެފިއެވެ.
މެޓް އޮފީހުން ބުނީ، ސްރީލަންކާ ކައިރި ސަރަހައްދުގައި އުފެދިފައިވާ ތޫފާން "ބުރެވި" އާއި، ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މުޅި ރާއްޖެ ސަރަހައްދަށް ވައިގަދަވެ ކަނޑުވެސް ގަދަވާނެ ކަމަށެވެ. އަދި ރާއްޖެ ސަރަހައްދުގައި ވިއްސާރަ ވިލާ އުފެދިފައިވީ ނަމަވެސް، ބޯކޮށް ވާރޭ ވެހުން އެކަށީގެން ނުވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ "ބުރެވި" ތޫފާނު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި ކަމަށެވެ. އަދި މިތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް ދަނީ އިތުރަށްބާރުގަދަވަމުން ކަމަށާއި، ލަފާކުރެވޭ ގޮތުގައި މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މި ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މެޓް އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ