Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޝަރީޢަތުގައި ރައީސް މައުމޫން އިތުރުފުޅު ހެެއްދެވި ކަމުގައި ދިޔާނާ ތުހުމަތުކުރައްވައިފި

ކުރީ ސަރުކާރާ ދެކޮޅަށް އެކި މަސައްކަތް ކުރުމަށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަތްޕުޅަށް ރައްޔިތުން މަޖިލިހުގެ ކާށިދޫ ދާއިރާ މެންބަރު ޢަބްދުﷲ ޖާބިރު ދެއްވި ކަމުގައި އޭނާ ވިދާޅުވާ ފައިސާއާ ގުޅިގެން ރައީސް މައުމޫނު ޝަރީޢަތުގައި އިތުރުފުޅުހެއްދެވި ކަމުގައި ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލިހުގެ ބިލެއްދޫ ދާއިރާ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ރައީސް މައުމޫނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ދިޔާނާ ލިޔުއްވި ޓުވީޓެއްގައެވެ. ދިޔާނާ ވިދާޅުވީ ރައީސް މައުމޫނަކީ ކިތަންމެ ބޮޑު ފާހެއް ނަންގަަވާފައި ހުންނެވި ބޭފުޅެއް ކަމުގައިވީ ނަމަވެސް އެމަނިކުފާނަކީ ޝަރީޢަތުގެ ކުރިމަތީގައި ކަނޑައެޅިގެން ބޮޑެތި އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމުގައެވެ.
އަދި ދިރިތިބި އެތައް ބައިވަރު ހެކިންނެއް ތިއްބައި ރައީސް މައުމޫނު އިތުރުފުޅުހެއްދެވީ ވަރަށް ދެރަވަރުވުމުން ކަމުގައި ހިތަށް އަރާ ކަމުގައިވެސް ދިޔާނާ ވިދާޅުވިއެވެ. ދިޔާނާއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު ޚާއްޞަ މަޖިލިހަށް ޢައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
އިތުރަށް ދިޔާނާ ވިދާޅުވީ ޖާބިރުގެ ފަރާތްޕުޅުން ރައީސް މައުމޫނާ ހަވާލުކުރި ފައިސާ އެކި ފަހަރުމަތިން އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން މެދުވެރިކޮށް ރައީސް މައުމޫނާ ހަވާލުކުރެއްވީ ދިޔާނާ ކަމުގައެވެ. އަދި ރައީސް މައުމޫނާ ޖާބިރުގެ މެދުގައި ބައްދަލުވުން ކުރިއަށް ގެންދިޔައީ 2017 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިޔާގެ ކުއަލަލަމްޕޫރުގެ އިންޓަމާކް ބިލްޑިންގައި ކަމަށާއި، ޖާބިރުގެ ފަރާތްޕުޅުން ކުރައްވަންޖެހޭ ކަންކަން ކުރުމަށް ދިޔާނާ އައްޔަންކުރެއްވި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އަދި އަމާނާތްތެރިކަމުގެ އަގަކީ ތެދު ބުނާ މީހާ ދޮގު ހަދާ މީހެއްގެ ގޮތުގައި ދައްކާ އެމީހަކަށް ފުރައްސާރަ ކުރިމަތިކުރުވައި، ކަމުގެ ޙަޤީޤަތުގެ އެ ފުށް އަނެއް ފުށަށް ޖެއްސެވުންތޯވެސް ދިޔާނާވަނީ ސުވާލު އުފައްދަވާފައެވެ/
ރައީސް މައުމޫނަށް ދެއްވި ކަމުގައި ޖާބިރު ވިދާޅުވާ ފައިސާއާ ގުޅިގެން ރައީސް މައުމޫނު ވިދާޅުވެފައިވަނީ ޖާބިރުގެ އަތްޕުޅުން އެއްވެސް ފައިސާއެއް ނަންގަވާފައިނުވާނެ ކަމުގައެވެ.
މި ލިއުމާއި ގުޅޭ