Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ތުރުކީގެ ފޮރިން މިނިސްޓަރާއި ޝާހިދު ބައްދަލުކުރައްވައިފި

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝްއޮގްލޫ އާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ޝާހިދު ތުރުކީގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާފައިވަނީ ނައިޖާގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ޤައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި، ގިނަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. މިގޮތުން ވިޔަފާރިއާއި، ދަނޑުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ، ޓާކިޝް އެއަރލައިންސް އިން ދިވެހިރާއްޖެއަށް އަލުން ދަތުރުކުރަން ފެށިކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.
މި ލިއުމާއި ގުޅޭ