Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭނެ ގޮތް ހެދުމަށް މެންބަރު ޝިޔާން އެދިވަޑައިގެންފި

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތަށް ޤާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުން މަޖިލިހުގެ ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން އެދިވަޑައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް ހުށަހެޅުއްވި ޓުއަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މިއަދު ކުރިއަށް ގެންދިޔަ މަޖިލިހުގެ މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ރާ ލިބޭ ކަމުގައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ރަށު ބޭރުގައި ނުވަތަ ފަޅާއި ފަރުގައި ނަމަވެސް، ރާ ވިއްކޭނެ ފަދަ ފެސިލިޓީއެއް ޤާއިމުކުރަން ޖެހޭ ކަމުގައެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައިވެސް އެ ފެސިލިޓީ ޤާއިމުކުރެވޭނެ ގޮތް، ފަޅުތެރޭގައި ވިޔަސް، އެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް ލިބެންޖެހޭ" ޝިޔާނު ވިދާޅުވިއެވެ. އަދި މިހާރު އުކުޅަސް ތޮއްޑޫ އަދި ރަސްދޫއަށް އަންނަ ފަތުރުވެރިން ގެންދަންޖެހެނީ 45 މިނިޓުގެ ލޯންޗު ދަތުރެއްކޮށްފައި ރިސޯޓަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަށްރަށަށް އަންނަ ހުރިހާ ފަތުރުވެރިންނަކީ ރާ ބޯ ބަޔަކަށް ނުވި ނަމަވެސް އެ ބޯ މީހުންވެސް އަންނަ ކަމުގައެވެ. އެހެންކަމުން އެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހެންޖެހޭ ކަމަށާއި އެކަން ހުށަހަޅުއްވާ ކަމުގައިވެސް ޝިޔާނު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ