Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޔާމީނުގެ މައްޗަށް އަލަށް އުފުލި ދައުވާތަކުގެ އަޑުއެހުމެއް މާދަމާ

ދައުލަތުގެ ފަރާތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ ކުރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަަލުކޮށްފިއެވެ.
މި ދެ ދައުވާގެ އަޑުއެހުން ބޭއްވުމަށް ތާވަަލުކޮށްފައިވަނީ މާދަމާ ހެނދުނު 10.00 ގައެވެ.
މި އަޑުއެހުމަކީ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދެ ދައުވާގެ އަޑުއެހުމެވެ. އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމް ރައީސް ޔާމީން އިސްތިއުނާފުކުރައްވައި އެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމްކުރުމާ ހަމައަށް ވާސިލުވެފައިވީ ނަމަވެސް ހުކުމްކުރުމަށް މިހާތަނަށް ހައިކޯޓުގައި ތާވަަލުކޮށްފައިނުވެއެވެ.
ރައީސް ޔާމީނުގެ މައްޗަށް އަލަށް އުފުލި ދެ ދަޢުވާގެ އަޑުއެހުމެއް ފާއިތުވި ހަފުތާގެ ބުދަދުވަހަށް ތާވަލުކުރި ނަމަވެސް އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ އެ ދުވަހުގެ އަޑުއެހުން ފަސްކޮށްފައިވެއެވެ. މި ދެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި ޝަރީޢަތް ހިންގަން ފަށާފައިވެއެވެ،
ފާއިތުވި އަހަރުގެ ނޮވެންބަރު މަހު ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުންވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާކުރަން ނިންމާަފއިވެއެވެ.
މިހާރު އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، އެމަނިކުފާނުގެ މައްޗަށް އިތުރު 5 އަހަރުގެ ޖަލު ހުކުމަކާއި 3 އަހަރުގެ ޖަލު ހުކުމެއް އިއްވާނެއެވެ.
އިދިކޮޅުން ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް އިތުރު ދައުވާތައް އުފުލާފައިވަނީ ސިޔާސީ މަޤުޞަދެއްގައި އެމަނިކުފާނު ޖަލުގައި ބެހެއްޓުމަށް ކަމުގައެވެ.
މި ލިއުމާއި ގުޅޭ