Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މާލޭގައި މަގުމަތިވެފައިވާ މީހުންނަށް އަލުން ވަގުތީ ހިޔާ ހަމަޖައްސަނީ

ފަހަކަށް އައިސް މާލޭގައި މަގުމަތިވާ މީހުން ގިނަވަމުންދާތީ އެފަދަ މީހުންނަށް ވަގުތީ ހިޔާ ހަމަޖައިސައިދޭން ޖެންޑަރ މިނިސްޓްރީން ނިންމައިފިއެވެ.
ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމުގައެވެ. ނަމަވެސް އެ މަސައްކަތް އޯގަސްޓު މަހު ސަރުކާރުން ހުއްޓައިލުމާއެކު މާލޭގައި މަގުމަތިވެފައިވާ މީހުންގެ ޢަދަދު ވަަރަށް ބޮޑަށް އިތުރުވަމުންދާތީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރާ ކަމުގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭޕްރީލް މަހުގައި ފުރަބަންދު މާލޭގައި ހިންގުމަށް ނިންމުމާ ގުޅިގެން 500 އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ފޯރުކޮށްދިނެވެ.
ސަރުކާރުން ބޯހިޔާވަހި ކަމެއް ފޯރުކޮށްދިނުމަށް ކުރި މަސައްކަތް މެދުކަނޑައިލުމާއެކު ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ މީހުން މާލޭގައި އިތުރުވުމާ ގުޅިގެން އަލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން މިނިސްޓްރީން ނިންމާފައިވާކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އަދި ކުޑަކުދިން ތިބި ޢާއިލާތަކުގެ ތެރެއިން ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ގޮތް ނެތިފައިވާ ޢާއިލާތަކަށްވެސް މިނިސްޓްރީން އެހީތެރިވާނެ ކަމުގައި މިނިސްޓަރު ޢާއިޝާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ