Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ބަލަން ފަށައިފި

އއ. ތޮއްޑޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް އިއްޔެގެ ވަގުތެއްގައި ވަނީ ހުށަހަޅާފައި ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ. ފުލުހުން އަދި މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވެނީ ކޮން ޤައުމެއްގެ މީހަކަށް ކަމެއްވެސް އަދި ސާފެއް ނޫނެވެ. ނަމަވެސް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ ސްލޮވޭނިއާގެ އަންހެނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ ރަށްތަކުގައި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް މިފަހުން އަންނަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ