Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބަޖެޓު ރިޕޯޓުގެ ބަހުސް އާދީއްތަދުވަހު: ލަފާކުރާ އާމްދަނީއާއި ޕީއެސްއައިޕީގެ ހޭދަ އިތުރުކޮށްފި

ރައްޔިތުންގެ މަޖިލިހަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާއަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ކޮމިޓީން އެކުލަވައިލި ބަޖެޓު ރިޕޯޓާ ގުޅޭ ބަހުސް އަންނަ އާދީއްތަ ދުވަހު އޮންނާނެ ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓު ދިރާސާކޮށް ކޮމިޓީން އެކުލަވައިލި ރިޕޯޓު ރޭ ރައްޔިތުންގެ މަޖިލިސް އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި މަޖިލިހުގެ އިދާރާއިން އެ ރިޕޯޓު ހުރިހާ މެންބަރުންނަށްވެސް ފޮނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބަޖެޓާ ގުޅޭ ރިޕޯޓު ލިބި އެ ރިޕޯޓު މަޖިލިހުގެ އިދާރާއިން މަޖިލިހުގެ މެންބަރުންނަށް ފޮނުވާނެ ކަމުގައި ވިދާޅުވުމާއެކު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ލަފާކުރެއްވޭ ގޮތުގައި އަންނަ އާދީއްތަ ދުވަސް ނުވަތަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ބަޖެޓު ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭ ބަހުސް ފެއްޓޭނެ ކަމުގައެވެ. އެފަދައިން ވިދާޅުވުމާއެކު ބަޖެޓު ދިރާސާކުރާ ކޮމިޓީން ރިޕޯޓަށް ގެނެސްފައިވާ ބައެއް ބަދަލުތަކުގެ މައްޗަށް ރައީސް ނަޝީދު އަލިއަޅުއްވައިލެއްވިއެވެ.
އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ މިންވަރު ބަޖެޓު ކޮމިޓީ ރިޕޯޓުގައި އިތުރުވެފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. "17.8 ބިލިއަން ބަޖެޓު ހުށަހެޅުނުއިރު އާމްދަނީގެ ގޮތުގައި އަންދާޒާކުރެވުނީ. ދިރާސާކުރާ ރިޕޯޓު ނިންމެވި އިރުގައި، 21.218 ބިލިއަން ރުފިޔާއަށް ބަދަލުވި. އެއީ 3.335 ބިލިއަން ރުފިޔާގެ ތަފާތެއް." ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އޮފީސްތަކުގެ ޑޮމެސްޓިކް ހިންގުމުގެ ޚަރަދަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރު މަދުކޮށްފައިވެއެވެ. އެގޮތުން ބަޖެޓު ހުށަހެޅިއިރު 26.72 ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް މިހާރު އެ ޢަދަދުވަނީ 26.071 ބިލިއަން ރުފިޔާއަށް މަދުކޮށްފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހޭދަކުރާ މިންވަރު މިހާރު ބަޖެޓުގައި އިތުރުކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 135 މިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް އިތުރުކޮށްފައިވާ ކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ