Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މާފުށިން ފަތުރުވެރިޔަކު ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށް ގެނެސްފި

ކ.މާފުށީގައި ހުރި ފަތުރުވެރިޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނީޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.
ކ.މާފުށި މޮނީޓަރިންގެ ޙާލަތަށް ގެނައި ސަބަބެއް ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ އެ ރަށުގައި ހުރި ފަތުރުވެރިޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ބައްދަލުވެ އެއްތަންވި މީހުން ދެނެގަތުމުގެ މަސައްކަތްކުރުމަށް ކަމުގައެވެ. އަދި އެ މަސައްކަތް ނިމެންދެން އެ ރަށް އޮންނާނީ މޮނީޓަރިންގެ ހާލަތުގައެވެ.
މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަށް އަރައި ފޭބުމަކީ މަނާކަމެކެވެ. މިއަދުގެ ވަގުތެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މާފުށީ ކައުންސިލަށް ފޮނުއްވި ލިޔުމެއްގައި އަންގާފައިވަނީ އެ ރަށް މޮނީޓަރިންގެ ޙާލަތަށް ގެންނަވާފައިވަނީ ކޮވިޑް-19އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަްނކަން ބެލުމަށް ކަމުގައެވެ. މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހު، 15.43 އިން ފެށިގެންނެވެ.
މޮނީޓަރިންގެ ޙާލަތަށް ލުމާއެކު އެ ރަށުގައިމި ވަގުތު ތިބި މީހުން އެ ރަށުން ފޭބުންވަނީ މަނާކޮށްފައެވެ. އަދި ރަށުން ބޭރުން އެއްވެސް މީހަކު އެ ރަށަށް އެރުންވެސް އޮތީ މަނާވެފައެވެ. އަދި މި ޙާލަތާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މިއަދު މާފުށިން ފަތުރުވެރިޔަކު ޕޮޒިޓިވްވެފައިވާއިރު މީގެ ކުރިން އެ ރަށުން ޕޮޒިޓިވްވި ފަސް ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު މީހާ ބަލިން ފަސޭހަވެފައިވަނީ އިއްޔެ ކަމުގައި އެ ރަށުގެ ޞިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވެއެވެ. މި ފަސް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މި ލިއުމާއި ގުޅޭ