ކުޑަކުދިންގެ ހިޔާއަށް ދިރާގުން ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފި

އާމިނަތު ޝަމާ އަބްދުﷲ 21 ނޮވެމްބަރު 2020 17:10
Flowers
ކުޑަކުދިންގެ ހިޔާއަށް ދިރާގުން ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފި/ ފޮޓޯ- ދިރާގު

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓާ ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ހަދިޔާ ކޮށްފިއެވެ.

ދިރާގުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ 23 ކޮމްޕިއުޓާ ޑެސްކާއި، އިތުރު ފަސް ކޮމްޕިއުޓާ ސިސްޓަމާއި ދިރާގު ފައިބާ 100އެމް އިންޓަނެޓް ކަނެކްޝަނަކާއި ދިރާގު ޓީވީ ކަނެކްޝަނެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓުގެ އެދުމުގެމަތިން ދެ ލެބް މަރާމާތު ކުރުމުގައި ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ތައުލީމާއި އަދި ކުރިއެރުމަކީ އެކުންފުނިން ނުހަނު އިސްކަމެއްދެއެވެ. ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންގެ ހިޔާއަށް ދިރާގުގެ ފަރާތުން ހަދިޔާތަކެއް ދީފައި ވާއިރު، މީގެ ކުރިންވެސް އެ ކުންފުނިން ވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހިތެރިކަން ފޯރުކޮށްދީފައެވެ.

އެ ކުންފުނިން ކުޑަކުދިންގެ ހިޔާގައި އެންމެ ފުރަތަމަ ކޮމްޕިއުޓަރު ލެބެއް ގާއިމުކުރަން އެހީތެރިވެފައިވަނީ 2013 ވަނަ އަހަރުއެވެ. ހަމަ އެ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއިމުކޮށްދީފަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތީ"ގައި އިންޓަނެޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، ހަތަރު ކްލާސްރޫމެއްގައި އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ދިރާގުން ވަނީ ހަދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު