ޕްރީޕެއިޑް ބޭނުންކުރާ ފަރާތްތަކަށް އުރީދޫ އިން ތައާރަފުކުރީ "އާޗާ ޕްރީޕެއިޑް"

އާމިނަތު ޝަމާ އަބްދުﷲ 21 ނޮވެމްބަރު 2020 14:27
Flowers

އެއް ފަހަރު ރީޗާޖުކޮށްގެން ދިގު މުއްދަތަކަށް ބޭނުން ކުރެވޭ ޕްލޭންތަކަކާއެކު އުރީދޫ އިން "އާޗާ ޕްރީޕެއިޑް" ގެ ނަމުގައި ޕްލޭނެއް ތައާރަފުކޮށްފިއެވެ. 

"އާޗާ ޕްރީޕެއިޑް" ގެދަށުން ތިން ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ ތިން މަސް ދުވަހާއި ހަމަސް ދުވަހާއި 12 މަސް ދުވަހުގެ ޕެކޭޖެކެވެ. 

ތިންމަސް ދުވަހުގެ ޕެކޭޖު 750 ރުފިޔާ އަށް ލިބޭނެއެވެ. ހަމަސް ދުވަހުގެ ޕެކޭޖު 1،500 ރުފިޔާ އަށް ލިބޭއިރު 12 މަސް ދުވަހުގެ ޕެކޭޖު 3،000 ރުފިޔާ އަށް ލިބޭނެއެވެ. 

ތިން މަސް ދުވަހުގެ ޕްލޭން އެކްޓިވޭޓު ކުރާ ކަސްޓަމަރުންނަށް ކޮންމެ މަހަކު 2.5ޖީބީ ޑޭޓާއާ ލިބޭއިރު އެކު އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލު ކުރެވޭނެއެވެ. އަދި އެހެން ނެޓްވޯކުތަކަށް 25 މިނެޓުގެ ކޯލް ކުރެވޭނެއެވެ. މީގެއިތުރުން 50 ލޯކަލް އެސްއެމްއެސް ލިބިގެންދާނެއެވެ. 

އުރީދޫ އިން ބުނީ ހަ މަސް ދުވަހުގެ ޕްލޭން އެކްޓިވޭޓު ކުރުމުން ކޮންމެ މަހަކު 3 ޖީބީ ޑޭޓާއާއެކު އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލާއި އެހެން ނެޓްވޯކުތަކަށް 50 މިނެޓުގެ ކޯލް އަދި 100 ލޯކަލް އެސްއެމްއެސް ލިބޭނެ ކަމަށެވެ. 

ހަމައެއާއެކު 12 މަސް ދުވަހުގެ ޕްލޭން އެކްޓިވޭޓު ކުރާ ކަސްޓަމަރުންނަށް ކޮންމެ މަހަކު 3.5 ޖީބީ ޑޭޓާ ލިބޭއިރު އުރީދޫގެ ހުރިހާ ނަންބަރުތަކަށް އަންލިމިޓެޑް ކޯލާއި އެހެން ނެޓްވޯކުތަކަށް 100 މިނެޓު ކޯލް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ. އަދި އެ ޕެކޭޖު އެކްޓިވޭޓު ކުރާ ކަސްޓަމަރުންނަށް 200 ލޯކަލް އެސްއެމްސް ލިބޭނެއެވެ. 

އުރީދޫ އިން ބުނީ މިހާރު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައި މިވާ ކާރިސާގެ ސަބަބުން އިންޓަނެޓު ބޭނުން ކުރަންޖެހޭ ވަރުވެސް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އާޗާ ޕްރިޕެއިޑް ޕްލޭން ތައާރަފު ކޮށްފައިވަނީ، ޕްރިޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ގިނަ ފައިދާތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ޕްލޭނެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު
ފެކްޓްސް
ތިކަހަލ ކޮންމެވެސް ކަމަކުން ތަނެއް ދޮރެއް ނޭގެ މީހުންގެ ބޯކެކައިގެން މަނީ މޭކް ކުރުން ކަމަކީ!!