ސްޕޭސް ޕްރޮގްރާމުގެ ދަށުން ކުޑަކުދިން ތަމްރީނު ކުރަނީ

އާމިނަތު ޝަމާ އަބްދުﷲ 21 ނޮވެމްބަރު 2020 13:42
Flowers
ސްޕޭސް ޕްރޮގްރާމު އިފްތިތާހް ކުރުމުގެ ތެރެއިން-

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ސްޕޭސް ޕްރޮގްރާމްގެ ދަށުން ޖޫނިއާ ބެޗެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

މި ޕްރޮގްރާމް ލޯންޗު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، މިއީ އެސްޓްރޮނޯޓުންނަށް ވުމަށް ބޭނުންވާ ގްރޭޑް 7،8،9 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލި ފުރުސަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ގޮތުން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަށް ގެންދާނެ ކަމަށާއި، ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އޭޖެންސީގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށެވެ. 

އައިޖީއެސްއިން ވަނީ ސްޕޭސް ޕްރޮގްރާމުގެ ރިސާޗް ޕްރޮޖެކްޓެއްވެސް ރާއްޖޭގައި މަތީ ތައުލީމް ހާސިލު ކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ލޯންޗުކޮށްފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ލޯންޗް ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދާނެ އެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ފަށާ ފުރަތަމަ ރިސާޗް ޕްރޮޖެކްޓް އަންނަ އަހަރުގެ ކުރީކޮޅު ތައާރަފް ކުރެވޭނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު