Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިދިކޮޅު ޕާޓީގެ ދައުރުވެސް އަދާކުރަނީ އެމްޑީޕީއިން: ޝަރީފް

މިވަގުތު އިދިކޮޅު ޕާޓީގެ ދައުރުވެސް އަދާކުރަމުންދަނީ ވެރިކަން ކުރާ އެމްޑީޕީ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ޕީޕީއެމްއަކީ ހަަރުދަނާ އިދިކޮޅު ޕާޓީއެއް ނޫންކަމަށެވެ. އަދި މިވަގުތު އެމްޑީޕީއިން ދަނީ ވެރިކަންކުރާ ޕާޓީގެ ރޯލާއި، އިދިކޮޅު ޕާޓީގެ ދައުރުވެސް އަދާކުރަމުން ކަމަށެވެ.
ރާއްޖޭގައި މިވަގުތު އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް ނަމަވެސް އެ ޕާޓީގެ ލީޑާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށް ލެވުނުފަހުން އެ ޕާޓީގެ ހަރަކާތްތަށް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އަދި ކޮވިޑު-19 ގެ ބަލިމަޑުކަން ފެށުނުފަހުން ސަރުކާރުން ވަނީ އިދިކޮޅު ޕީޕީއެމްގެ މަގުމަތީ ހަރަކާތްތަކަށްވެސް ވަރަށް ބޮޑަށް ހުރަސް އަޅާފައިކަން ފާހަގަކޮށްލެވެއެވެ.
ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ. އަދި މަޖިލީސް ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ސަރުކާރުގެ ވަރަށް ގިނަ ސިޔާސަތުތަކާއި ފާޅުގައި ދެކޮޅު ހައްދަވާކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ