ރާއްޖެއިން އިންޑިޔާއަށް ކަނޑައެޅި ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސްއަށް އަރުވައިފި

އާމިނަތު ޝަމާ އަބްދުﷲ 21 ނޮވެމްބަރު 2020 13:26
Flowers

އިންޑިއާގެ ސަފީރު ކަމަށް އައްޔަނު ކުރެއްވި ޑރ. ހުސެން ނިޔާޒު، މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދަށް މިއަދު ހަވާލުކުރައްވައިފިއެވެ.

އެ ބައްދަލުވުން ބޭއްވުނީ އިންޑިއާގެ ފޮރިން މިނިސްޓްރީގައެވެ. އެ ބައްދަލުވުމުގައި ރައީސް ކޮވިންދު ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ. އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ހުސެން ނިޔާޒުވަނީ އިންޑިއާއިން އެކި ގޮތްގޮތުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

ޑރ. ހުސެން ނިޔާޒަކީ ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. ފޮރިން މިނިސްޓްރީައި 14 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ނިޔާޒު ވަނީ ނިއު ޒިލޭންޑުން ޑިމޮގްރަފިކް އެންޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ޑޮކްޓްރޭޓް އޮފް ފިލޯސަފީ ހާސިލްކުރައްވާފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އޭނާ އަކީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ދާއިމީ މަންދޫބެކެވެ.

ކިޔުންތެރިންގެ ހިޔާލު