ކުރީ ސަރުކާރުން ތަރައްޤީކުރި ރަސްރަނި ބަގީޗާ މާދަމާ އަލުން ހުޅުވަނީ

މަރިޔަމް ލީނާ 20 ނޮވެމްބަރު 2020 20:32
Flowers
ރަސްރަނި ބަގީޗާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ސަރުކާރުން ތަރައްޤީކުރި ރަސްރަނި ބަގީޗާ މާދަމާ އަލުން ހުޅުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރަސްރަނި ބަގީޗާގެ ނަމުގައި ތަރައްޤީކުރި ޕާކުގެ ނަން މި ސަރުކާރުން ސަލްޓަން ޕާކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އެ ޕާކު އާންމުންނަށް ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުން މާދަމާ ފަތިހު 4:30 އިން ހުޅުވާލަން ވަނީ ނިންމާފައެވެ. މާލޭ މޭޔަރު ޝިފާ ވިދާޅުވި ގޮތުގައި ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އަށް ޕާކު ހުޅުވާފައި ބަހައްޓާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސަލްޓަން ޕާކާއި، މާލޭގެ ހުރި އެފަދަ ޕާކުތަކަށް ބަންދުކުރީ ކޮވިޑު-19 އާއި ގުޅިގެންނެވެ. ނަމަވެސް މާލޭގައި ކޮވިޑު-19 ގެ ހާލަތު ރަނގަޅުވަމުންދާތީ ޕާކުތައް އަލުން ހުޅުވުމަށް އެޗްޕީއޭ އިން ވަނީ ހުއްދަ ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ނަދީމް
ޕާކުގައި ހުރި ލައިޓްޓަކާއި މަސްކޮޅާއި ހިލަކޮޅު ކޮރަޕްޝަން ޕާކަށް "ޕަކަޅާކޮށްލާފަ" ދެން ކީއްކުރާން ހުޅުވަނީ؟
ކމުގުދަރު
"ރަސްރަނި ބަގީޗާ" ސަލްޓަން ޕާ ކަށް ބަދަލު ކުރުން ތިޔައީ ހާދަ މެގަ ޕްރޮޖެ ކްޓެކ ކޭ. !!!!!
ޖަޑިބު
سبحان الله. ދެއަހަރުގެ ތެރޭ ގައި ތިއޮއްބޮޑު މަސްރޫޢު ... " ރަސް ރަނި ބަގީޗާ" ސަލްޓަން ޕާ ކަށް ބަދަލު ކުރުން....... ގާތްގަނޑަ ކަށް. 23.3 މިލިޔަން ދިވެހި ރުފިޔާވަރު ޚަރަދުވާނެ ކަން ހަމަ ޔަގީން ......
ކަށިނަރު
ސާބަސް ރައީސް ސޯލިހަށް..... ތިޔަ ނިންމާލީ 18.3 މިލިޔަން ރުފިޔާގެ މަސްރޫއެއް، " ރަސްރަނި ބަގީޗާ" ސަލްޓަންޕާ ކު ، ނަމަށް ބަދަލު ކޮށްލުން، ދެ އަހަރުގެ ތެރޭގައި.... ހަމަ ހޭގައި ނެތިއްޔާ ލަދުގަންނާ ކަށްވެސް ނޭނގޭނެތާ ......