Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ގޭގައި ކުރާ މަސައްކަތްތަކަށްވެސް ޓެކްސް ދައްކަން ޖެހޭނެ: ފައްޔާޒު

އާމްދަނީ ހޯދުމުގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތައްވެސް ދައުލަތަށް ޓެކްސް ދައްކަން ޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ސަބަބުން، ކެފޭ އަދި ރެސްޓޯރެންޓުތަކުގެ ވިޔަފާރިއަށް އަސަރުކުރާ ކަމަށާއި އަދި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުން ޓެކްސް ދައްކަން ނުޖެހޭ ކަމަށް ބުނެ ކެފޭ ތަކާއި ރެސްޓޯރެންޓު ހިންގާ ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ.
"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީކެފޭ، ހޮޓާ، ރެސްޓޯރަންޓަކީ ކުދި ވިޔަފާރީގެ ތެރޭގައި ހިމެނޭ ތަންކޮޅެއް ބޮޑު ވިޔަފާރިތަކެއް ކަމަށާއި، ބޮޑު ކުލީގައި ހަރަދުކޮށް، ސަރުކާރަށް ޓެކްސް ދައްކައި، މުވައްޒަފުންނަށް މުސާރަދީގެން މަސައްކަތް ކުރާއިރު، ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ހަރަދުކުރަން ނުޖެހޭތީ ކެފޭ ހިންގާ މީހުންގެ ނުތަނަވަސްކަމެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ހޯމް ބޭސްޑް ވޯކާޒް އަށް ވެސް ޖާގަ ދީގެން އެކަމު އެބޭފުޅުން ވެސް ޓެކްސް ދައްކަވަން ޖެހޭނެ. ލިބޭ ޖާގައިގެ ތެރެއިން ޓެކްސް ދައްކަވަން ވާނެ. އަޅުގަނޑަކަށް މައްސަލައެއް ނެތް އެބޭފުޅުން ގޭގެ ބަދިގޭގައި އެބޭފުޅުންނަށް ޖާގަ ލިބޭތީ އެކަން ކުރެއްވުމަކީ،" ފައްޔާޒު ވިދާޅުވި އެވެ.
މިގޮތަށް ކުރާ މަސައްކަތްތަކުން ޓެކްސް ނަގާނެ ކަމަށް ފައްޔާޒު ވިދާޅުވިނަމަވެސް ގޭގައި ތިބެގެން ކުރާ އެފަދަ މަސައްކަތްތައް ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކުރާކަށް ނުޖެހެއެވެ. އެހެން ކަމުން އެފަރާތްތަކުގެ އަތުން ޓެކްސް ނެގޭނީ ކޮން އުސޫލަކުން ކަމެއް ސާފެއް ނޫނެވެ.
މި ލިއުމާއި ގުޅޭ