ރިޒާވާއި ދަރަންޏާ ގުޅޭ ގޮތުން ރައީސް ދެއްކެވީ ހަމަނުޖެހޭ ވާހަކަފުޅެއް

އައިޝަތު ހަނާ 19 ނޮވެމްބަރު 2020 19:17
Flowers
ރައީސް ސޯލިހު

މިއަދު ހއ.ހޯރަފުށީ އެއާޕޯޓު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދައުލަތުގެ ރިޒާވާ ގުޅޭ ގޮތުން ދެއްކެވީ ހަމަނުޖެހޭ ވާހަކަފުޅެކެވެ. 

އެގޮތުން ރިޒާވާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ އެންމެ 200 މިިލިއަނެއްހައި ޑޮލަރު ކަމުގައެވެ. އަދި މި ހާލަތުގައި ޤައުމު އޮތުމުން ކުރެވޭނީ ކޮން ކަމެއްތޯވެސް އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. 

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ދައުލަތުގެ ރަސްމީ ރިޒާވު 2017 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމުގައެވެ. އެގޮތުން 2017 ވަނަ އަހަރު ދައުލަތުގެ ރަސްމީ ރިޒާވުގައި 587.3 މިލިއަން ރުފިޔާ ހުރުމަށްފަހު 2018 ވަނަ އަހަރު ރިޒާވުގެ އަދަދުވަނީ 712.0 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

ހަމައެހެންމެ 2018 ވަނަ އަހަރުގައި ދައުލަތުގެ ޔޫޒަބަލް ރިޒާވުވެސްވަނީ އިތުރުވެފައެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާބަލާއިރު ދައުލަތުގެ ރަސްމީ ރިޒާވު 36 އިންސައްތަ އިތުރުވެފައިވާ ކަމުގައިވެސް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރު ޔޫޒަބަލް ރިޒާވުގައި 281.4 މިލިއަން ރުފިޔާ ހުރި ކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ. 

ދައުލަތުގެ ރިޒާވުގެ އިތުރަށް ސަރުކާރުގެ ދަރަންޏާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅަކީވެސް މުޅިން ރަނގަޅު ވާހަކަފުޅެއް ނޫނެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމުގައެވެ. "އެހެންވީމައި ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. ވަރަށް ސާފުކޮށް މި ދެންނެވީ" ރައީސް ވިދާޅުވިއެވެ. 

މިހާތަނަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފުރަތަމަ 3 އަހަރު ދައުލަތުގެ ދަރަންޏަށް އިތުރުވެފައިވަނީ 11 ބިލިއަން ދިވެހި ރުފިޔާއެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި 1 އަހަރާއި 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 13.6 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. 

އޭގެ އިތުރަށް ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރައްވާފައިވަނީ ދަަރަނި އަދާކުރުމަށް 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ 4 ބިލިއަން ރުފިޔާއަކީ ކުރީ ސަރުކާރުތަކުގެ ދަރަނި އަދާކުރުމަށް ހިމަނާފައިވާ ފައިސާ ކަމުގައެވެ. އެހެންނަމަވެސް 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގެ 115 ވަނަ ޞަފްޙާގައި ބުނެފައިވަނީ ބަޖެޓުގައި ދަރަނި ސާވިސްކުރުމުގެ ޚަރަދު އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ދަށްވެ ސަރުކާރުން އިތުރު ލޯނު ނަގަންޖެހުން ހިމެނޭ ކަމުގައެވެ. އެހެންނަމަވެސް ރައީސް ސޯލިހުވަނީ އެވާހަކަފުޅު ނުދައްކަވައި ބާއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޕައްޅަންބެ
މިސްރަށް ހަމަޖެހޭ ވާހަކައެއް ދެއްކޭތަ؟ ތަނެއް ދޮރެއް ދޮރާއްޓެއް އެގޭ މީހެއް ޖޫން. މީހަކު ލިޔެފަ ދޭ އެއްޗެއް އެކިޔަނީ. ކިތައްމެ ބޮޑު ބުހުތާނެއް އޮތަސް ގޮވާނަގާނެ. މިވެސް މިއޮއްފަދަ ތައުލީމީ ޒަމާނުގައި ދިވެހިން ހޮވި ވެރިއެއް. ހުރިހާ ހުތުރެއް ގައުމާއި ރައްޔިތުންނަށް.
ވަރަބިދުނުކޮތަރު
އަގައިން ދެރަނުވަން ހާސަރު ދަމަނީ ދެފަހަރު އެކެއްޗެކޭނުކިޔާ.
ކިނބޫ
ހަމަޖެހޭ ވާހަކަ ދެއްކޭނީ ހަމަޖެހޭ މީހަކަށްތާ.
ޟާނު
ޕިސްޕިސް. މިދިވެހިން ނަށް ވިސްނޭނީ ކޮންދުވަހަކުންބާ. ޢަޅެ ފަހެ މީހަކު މޮޔަ ނުވާނެތަ މިޤައުމުގެ ވެރިޔަކަށް ގެނެސްފައި ހުރި މީހާ އާއި ހެދި. ތަނެއް ދޮރެއް ބުޑެއް ވަކި ނުވާ ބތއއ ވެރިކަމަށް ގެނެއްސަ ހިނިއައިއްސަތާ އެތިބީ.
ނަދީމް
މި މީހުންގެ ސިޔާސަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގޭ ވަރުގެ ދޮގުތައް ހެދުން. ބޭނުމަކީ ދޮގު ހެދުމަކީ އެއްވެސް ކަމެއް ނޫންކަން ދެއްކުން. އަޅުގަނޑު ދުނިޔޭގެ ތާރީޚު ދިރާސާކޮށްފިން. މިހާ ދޮގުވެރި ނާޤާބިލު ސަރުކާރެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ޤާއިމުވިކަމުގެ އެއްވެސް މަޢުލޫމާތެއް ތާރީޚަކުންނެއް އެނގޭކަށްނެތް. އަދި މިހާ ނާތަޢުލީމީ، ނާގާބިލު، ވާނުވާ ނޭނގޭ ރައީސަކު ދިވެހި ތާރީޚު ދެކެފައެއްވެސް ނެތް.
ކާނެ
ތަނެއް ދޮރެއް ނޭއްގުނަދް އެމްޑީޕީގެ މިހެއް ނޫނީގަމިހެއް ވިޔަސް މިމީހުންނަށް އޯކޭ ވާނެ