Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުވައްމުލަކުން އައްޑޫއަށް ވައިޓް އެލާޓު ނެރެފި

ގުގުރުމާއެކު ވިއްސާރަކުރާނެ ކަމުގައި ލަފާކުރެވޭތީ ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓު ނެރެފިއެވެ.
މޫސުމާ ބަހޭ ޤައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓުގެ މުހުލަތަކީ ހޮނިހިރު ދުވަހުގެ ހެނދުނު 7.00 އިން ފެށިގެން 12.00 އަށެވެ.
ވައިޓް އެލާޓު ނެރުމާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ، އެ ސަރަހައްދުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމުގައެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައްޖެހުން އެކަށީގެންވާ ކަމުގައެވެ. ހަމައެހެންމެ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމުގައި އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ހޮނިހިރު ދުވަހު ފަތިހު 4.30 އިން ހެނދުނު 8.30އާ ދެމެދުގައި ހއ އަތޮޅުން ޅ އަތޮޅަށް ރީނދޫ ސަމާލު ޤައުމީ މޫސުމާ ބެހޭ އިދާރާއިން ނެރެފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމުގައެވެ. އަދި ބައެއް ރަށްތަކަށް ވަރަށް ބޮޑަށް ވާރޭވެހޭނެ ކަމުގައިވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ