Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދައުލަތުގެ ބަޖެޓު: އިޤުތިޞާދާއި ޞިނާޢަތްތައް ކުރިއަރުވަން 7 ބިލިއަން ރުފިޔާ

އިޤުތިޞާދީ ޞިނާޢަތްތައް ކުރިއަރުވަން 7 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚާއްޞަކޮށްފައިވާ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލިހުގެ ޖަލްސާއަށް 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅައިދެއްވަމުންނެވެ. އަމީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން 7 ބިލިއަން ރުފިޔާ އިޤުތިޞާދީ ޞިނާޢަތްތައް ކުރިއަރުވަން ޚާއްޞަކޮށްފައިވަނީ އިޤުތިޞާދު އާރާސްތުކޮށް، ސިންދަފާތުކޮށް، ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ފައިސާ ކަމުގައި އަމީރު ވިދާޅުވިއެވެ. "މިއީ އިޤުތިޞާދު އާރާސްތުކޮށް ސިންދަފާތުކޮށް ވިލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓުމެންޓުކުރުމަށް އިސްކަންދޭ ބަޖެޓެއް" އަމީރު ފާހަގަކުރެއްވިއެވެ.
އަމީރު ފާހަގަކުރެއްވި ގޮތުގައި ބޯޑަރު ހުޅުވައިލިފަހުން ދިވެހިރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެނެވެ. އަދި ރާއްޖެއަށް އައި ޕްރައިވެޓު ޖެޓުގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރާއްޖެއިން ފުރައިގެންދާ މީހުންނަށް އެކި ޤައުމުތަކުން ލިބެމުންދާ ލުއިތައްވެސް އިތުރުވެފައިވާ ކަމުގައި އަމީރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރާނީ މި ކާމިޔާބުތައް އިތުރަށް ހަލުއިކުރަން ކަމުގައި އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ވާދަވެރިކަން ދުނިޔޭގެ ބާޒާރުގައި ބޮޑުވެގެންދާނެ ކަމުގައި ވިދާޅުވެ، ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރުމަށް ޚާއްޞަ އިސްކަމެއް މި ބަޖެޓުގައި ދީފައިވާނެ ކަމަށާއި، އެގޮތުން ފަތުރުވެރިކަން މާކެޓުކުރުމަށް 150 މިލިއަން ރުފިޔާ ބަޖެޓުން ޚާއްޞަކޮށްފައިވާނެ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް ދައުލަތުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސަރަހައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން ހަނިމާދޫއާއި އައްޑޫގެ ވައިގެ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ހިމަނާފައިވާ ކަމުގައި އަމީރު ވިދާޅުވިއެވެ.
އަދި ޑޮމެސްޓިކް އައު އެއާޕޯޓުތައް ބިނާކުރުމުގެ މަޝްރޫޢުތައްވެސް މި ބަޖެޓުގެ ތެރޭގައި ހިމެނޭނެ ކަމުގައި އަމީރު ވިދާޅުވިއެވެ. އަދި އުންމީދަކީ ދުނިޔޭގެ ފަތުރުވެރިކަން ފެށި، ކުރީގެ ޙާލަތަށް އިޢާދަވާއިރަށް މި މަޝްރޫޢުތައް ނިންމައި ފަތުރުވެރިކަން ތަރައްޤީކުރުން ކަމުގައި އަމީރު ވިދާޅުވިއެވެ.
ހަމައެހެންމެ ގުޅީފަޅުގައި ތަރައްޤީކުރާ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރުގެ މަސައްކަތްކުރިއަށް ގެންދިއުމަށް މި ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ