Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަންނަ އަހަރުވާނީވެސް އާމްދަނީގެ ގޮތުން ތަދު އަހަރަކަށް: އަމީރު

އަންނަ އަހަރަކީވެސް ދައުލަތަށް ލިބޭ އާމްދަނީގެ ގޮތުން ތަދު އަހަރަކަށްވާނެ އަހަރެއް ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ 2021 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ ޖުމްލައަކީ34،787،720،151 ރުފިޔާ ކަމުގައެވެ. އަދި މި ފައިސާގެ ތެރެއިން ދައުލަތުގެ ޚަރަދުގެ ގޮތުގައި އަންދާޒާކުރާ މިންވަރަކީ 33.3 ބިލިއަން ރުފިޔާ ކަމުގައި އަމީރު ވިދާޅުވިއެވެ. އަދި ބަޖެޓު ޑެފިސިޓު ނުވަތަ އާމްދަނީއާއި ކުރާ ޚަރަދުގެ ފަރަޤުގެ ބޮޑުބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ކަނޑައަޅާފައިވާ 1.5 ބިލިއަން ރުފިޔާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަދި އަމީރު ފާހަގަކުރެއްވި ގޮތުގައި 2021 ވަނަ އަހަރަކީވެސް އާމްދަނީގެ ގޮތުން ތަދު އަހަރެކެވެ. އެ އަހަރު ދައުލަތަށް ހިލޭ އެހީއާއި އެކި ގޮތްގޮތުން ލިބޭ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމުގައި ބެލެވެނީ ޖުމްލަ 17.8 ބިލިއަން ރުފިޔާ ކަމުގައި އަމީރު ވިދާޅުވިއެވެ. 2020 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަށްވުރެ 2021 ވަނަ އަހަރުގެ ބަޖެޓު ކުޑަކުރެވުނު ނަމަވެސް އެ ބަޖެޓުގެ ޑެފިސިޓު ބޮޑުވާނެ ކަމުގައި އަމީރު ވިދާޅުވިއެވެ. ޑެފިސިޓު ބޮޑުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ އާމްދަނީ ދަށްވުން ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރު ބަޖެޓު ޑެފިސިޓުވާނެ މިންވަރެއް ކަމުގައި އަމީރު ވިދާޅުވީ 15.5 ބިލިއަން ރުފިޔާއެވެ. އަދި އެއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 23.4 އިންސައްތަ ކަމުގައިވެސް އަމީރު ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ