Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ހުއްޓާލާފައި އޮތް ނައިފަރުގެ ނަރުދަމާގެ މަސައްކަތް އަލުން ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ

ނައިފަރުގެ ނަރުދަމާގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސިވެރޭޖް ކޮމްޕެނީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވާނެ ކަމުގައި ނޭޝަނަލް ޕްލޭނިން އިންފްރަސްޓްރަކްޗާ އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވެފައިވަނީ ނައިފަރުގެ ނަރުދަމާގެ ބާތިލުކުރި ކޮންޓުރެކްޓުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވާނެ ކަމަށެވެ. ނައިފަރުގެ ނަރުދަމާގެ މަސައްކަަތަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ފައްޓާފައިވާ މަސައްކަތެކެވެ. އަދި ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވި ގޮތުން އެ މަސައްކަތްކުރި ކުންފުނިންވަނީ އެ މަސައްކަތުގެ %85 ނިންމާފައެވެ.
މިއަދު ޝިޔާމުވަނީ ނައިފަރުގެ މަގުގެ ހާލަތާ ގުޅިގެންވެސް ސުވާލެއް ކުރައްވާފައެވެ. ނައިފަރުގެ މަގުތަކުގައި ވަޅުގަނޑު ގިނަވެ، ހިނގާބިނގާވެ އުޅެން ދަތިވެ، އުޅަނދުފަހަރުގައި ދަތުރުކުރަން އުދަގޫވުމާ ގުޅިގެން ނައިފަރުގެ ޒުވާނުންވަނީ މަގުތައް އޮކޭ ނޫންކަމަށް ބުނެ ސައިކަލު ބުރެއް އެ ރަށުގައި ބާއްވާފައެވެ.
އެ މައްސަލައަށް އިޝާރާތްކުރައްވައި ޝިޔާމު ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ނައިފަރަށްވެސް ކުރިމަތިވެފައިވަނީ އެހެން ރަށްރަށުގައިވެސް މަގުތައް ހެދުމުގައި ދިމާވެފައިވާ މައްސަލަ ކަމުގައެވެ. އެއީ މިވަގުތު ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި މަޑުޖެހުންކަމުގައި އަސްލަމް ވިދާޅުވިއެވެ.
މަގުތަކުގެ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް މިނިސްޓަރު އަސްލަމް ވިދާޅުވެފައިނުވެއެވެ.
މި ލިއުމާއި ގުޅޭ