ކަންބޮޑުވާންޖެހޭ މިންވަރަށް ރާއްޖޭގެ ބޭންކުތަކުގައި ނަން ޕާފޯމިިން އެކައުންޓު ގިނަ : ރައީސް ނަޝީދު

އިބްރާހިމް އާދަމް 26 އޮކްޓޯބަރު 2020 10:52
Flowers
ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތަކުގައި ހުންނަ އެކައުންޓުތަކުގެ 17 އިންސައްތައާއި 18 އިންސައްތައާ ގާތްކުރާ އަދަދެއްގެ އެކައުންޓަކީ ނަން ޕާފޯމިން އެކައުންޓު ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި، ފުވައްމުލަކު އުތުރު ދާއިރާ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު ހުށަހަޅުއްވައި ނިމުމުން، ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ބޭންކުތަކުގައި ނަން ޕާފޯމިން އެކައުންޓުތައް ރާއްޖޭގައި ހުރީ ކަންބޮޑުވާ މިންވަރަކަށެވެ. 

"ރާއްޖޭގެ ބޭންކުތަކުގެ ގާތްގަނޑަކަށް 17 ޕަސެންޓާއި 20 ޕަސެންޓާ ގާތަށް އެކައުންޓުތައް ނަން ޕާފޯމިން. އާންމުކޮށް ބޭންކިން ނިޒާމުގައި މި ޢަދަދު 7 ޕަސެންޓަށްވުރެ އިތުރުވީމައި އެއީ ކަންބޮޑުވާ އަދަދެއް" ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ އިތުރަށް ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުން ބޭންކުތަކަށް އަދާކުރަންޖެހޭ ދަރަނި އަދާނުކުރުމުން އެ ފަރާތްތަކުގެ ރަހުނު ވިއްކައިނުލެވުމުގެ ޝަކުވާ ބޭންކުތަކުން ކުރާ ކަމުގައެވެ. 

އަދި އެފަދައިން ދަރަނި އަދާނުކުރެވި، އަދި ދަރަނި އަދާނުކުރި ފަރާތުން ނަގާފައި ރަހުނު ވިއްކައިނުލެވުމުގެ ސަބަބުން ބޭންކިން ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބޭންކުން ލޯނުދޭ އިންޓަރެސްޓު ރޭޓުތަކަށްވެސް އަސަރުކުރާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "ބޮޑު އިންޓަރެސްޓު ރޭޓެއް ބޭންކުން ނަގަން ޖެހެނީ، އެނގިވަޑައިގަންނަވާނެ، ރިސްކް ބޮޑުވާތީވެ. ރިސްކު ބޮޑުވަނީ ރަހުނު ވިއްކާލާފައި ބޭންކުގެ ފައިސާ ބޭންކަށް ހޯދިފައިނުވާތީ" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރިސޯޓު ތަރައްޤީކުރުމަށް ނަގައި، މަސައްކަތް ފެށުމަށް ފަހު މަސައްކަތް ހުއްޓިފައިވާ 70 ރަށް ރާއްޖޭގައި އެބަ އޮތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިއިން ކޮންމެ ރަށަކާ ގުޅޭ ދަރަނި ބޭންކުތަކުގައި އެބަހުރި ކަމަށާއި، އެ ރަހުނުތައް ވިއްކޭނެ ގޮތް ވެއްޖެނަމަ، ވަރަށް ގިނަ އަދަދެއްގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމަށް ވެއްދޭނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.  

ކިޔުންތެރިންގެ ހިޔާލު
އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް