Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ނާސާއާއި ގުޅިގެން ނޮކިއާއިން 4-ޖީ ވިއުގައެއް ހަނދުގައި ޤާއިމުކުރަނީ

ޓެލެކޮމް ދާއިރާގައި ބައިނަލްއަޤުވާމީ ބޮޑެތި ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ޓެލެކޮމް އާލާތްތައް އުފައްދާ ކުންފުންޏެއް ކަމުގައިވާ ނޮކިއާއިން ހަނދުގައި މޯބައިލް ފޯނު ވިއުގަ ޤާއިމުކުރުމުގެ އެއްބަސްވުމެއްވަނީ ކާމިޔާބުކޮށްފައެވެ.
ފިންލޭންޑަށް ނިސްބަތްވާ ނޮކިއާ ކުންފުނިން ބުނެފައިވަނީ ނާސާއިން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ، ސައިޒުން ކުޑަ، މަދު ހަކަތައިން ހިންގޭނެ، ޖައްވުގެ މާހައުލަށް ފެތޭ، ނަރެއް ބޭނުންނުވާ 4-ޖީ ވިއުގައެއް ހަނދުގެ ސަތަހައިގައި ޤާއިމުކުރުން ކަމަށެވެ. އަދި މި މަސައްކަތަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ، 2030 ގެ ކުރިން ދިގު މުއްދަތަކަށް ހަނދުގައި އިންސާނީ އާބާދީއެއް ޤާއިމުކުރުމުގެ އަމާޒު ހާސިލުކުރުމަށް ކުރާ މަސައްކަތެކެވެ.
މި އެއްބަސްވުމުގެ އަގަކީ 14.1 މިލިއަން ޑޮލަރެވެ. މި މަޝްރޫޢު ނޮކިއާ ކުންފުނީގެ އެމެރިކާ ގޮތްޕާ ހަވާލުކޮށްފައިވަނީ ނާސާގެ އާޓެމިސް ޕްރޮގުރާމުގެ ދަށުންނެވެ. މިއީ 2024 ވަނަ އަހަރުގެ ކުރިން ފުރަތަމަ ފަހަރަށް ހަނދަށް އަންހެނަކު ފޮނުވުމަށާއި، ދެވަނަ ފަހަރަށް ހަނދަށް ދާ ފިރިހެނާ ފޮނުވުމަށް ކުރަމުންދާ މަސައްކަތެކެވެ.
ހަނދަށް ފޮނުވަން ނިންމާފައިވާ ދެ ޖިންސުގެ އެސްޓްރޮނަޓުން ހަނދު ބަލައި ދިިރާސާކޮށް ތަހުލީލުކުރުމުގެ މަސައްކަތްކުރާނެ ކަމުގައި ނާސާއިން ބުނެއެވެ. އެ އިދާރާގެ އުންމީދަކީ މި ދިރާސާތަކުގެ ސަަބަބުން އެ އިދާރާއިން މާސްއަށް ފުރަތަމަ އިންސާނާ ފޮނުވަން ފަސޭހަވެގެން ދިއުމެވެ.
ނޮކިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނި ނޮކިއާއިން ތައްޔާރުކުރާ 4-ޖީ ވިއުގަ ހަނދަށް ފޮނުވުމާއެކު އަމިއްލައަށް މަސައްކަތްކުރަން ފަށާނެ ކަމުގައެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން ހަނދުގައި ހުންނަ ތަކެތި ދުރުން ކޮންޓުރޯލުކުރަން ފަސޭހަވެ، ހަނދުގެ ވީޑިޔޯ ވަގުތުން ރަނގަޅު ފެންވަރުގައި ދުރަށް ފޮނުވޭނެ ގޮތް ފަހިވާނެ ކަމަށެވެ.
އަދި ނޮކިއާއިން ބުނެފައިވަނީ އެ ކުންފުނިން ހަނދަށް ފޮނުވާ 4-ޖީ އާލަތުގެ އެހީގައި އަވަސް މުސްތަޤުބަލުގައި 5-ޖީ ވިއުގައެއް ޤާއިމުކުރަންވެސް ދަތިނުވާނެ ކަމަށެވެ.
ނާސާއިން ފާއިތުވި ހަފުތާގައި އިއުލާނުކޮށްފައިވާ ގޮތުން އެ އިދާރާގެ މަސައްކަތަށް ބޭނުންވާ އައު އީޖާދީ އުފެއްދުންތެރި ޓެކްނޮލޮޖީ ހޯދުމަށް 370 މިލިއަން އެމެރިކާ ޑޮލަރު 14 ކުންފުންޏަކަށް ދީފައިވެއެވެ.
މި ލިއުމާއި ގުޅޭ